ވިޔަފާރި

ހާއްސަ ޕްރޮމޯޝަނަކާއެކު އެސްޓާސް ހުޅުމާލޭ ފިހާރަ ހުޅުވައިފި

Jun 21, 2018

އަގު ހެޔޮކޮށް، ގިނަ ބާވަތްތަކެއް މާލޭގައި ވިއްކަމުން ގެންދާ، އެސްޓާސްގެ އާ ފިހާރައެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި
އެވެ.

"އެސްޓާސް ހުޅުމާލެ" ފިހާރަ ހުޅުވާފައިވަނީ އިތާ، ރީތި ގަސް ހިނގުން (ގެޓަވޭ އިންޓަނޭޝަނަލް ސްކޫލް) ކައިރީގަ އެވެ.

އެސްޓާސްގެ އޮފިޝަލަކު ވިދާޅުވީ މި ފިހާރަ ހުޅުވުމުގެ މަގުސަދަކީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން އެސްޓާސްގައި ވިއްކަމުން ގެންދާ މުދާ ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުން ކަމަށެވެ.

"މި ތަނުން އަޅުގަނޑުމެން ވިއްކާ ކޯ ހުރިހާ ޕްރޮޓަކްޓްތަކެއް ލިބެން ހުންނާނެ. އަގުތައް ހުންނާނީ ވަރަށް ހެޔޮކޮށް. މާލެއެކޭ އެއްވެސް ތަފާތެއް ނުހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓާސްގެ މި ފިހާރާގައި ސޯފާ އަދި އެއާކޮންޑިޝަންގެ އިތުރުން ޓީވީ އާއި ރެފްރިޖަރޭޓަރު އަދި ދޮންނަ މެޝިން ފަދަ ގިނަ ސާމާނު ލިބެން ހުރެ އެވެ.

އާ ފިހާރާ ހުޅުވުމާއެކު ހާއްސަ އަގުތަކެއް

އެސްޓާސް އިން އާ ފިހާރައެއް ހުޅުވުމާއެކު މިވަނީ ހާއްސަ އަގު ތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މިގޮތުން އެސްޓާސް އިން ވިއްކާ ގިނަ ބާވަތްތައް "ބަންޑްލް" ކޮށް މިވަނީ ހާއްސަ އަގުތަކެއްގައި ވިއްކަން ފަށާފަ އެވެ. މި ބަންޑަލްގައި ހިމެނެނީ ގެއަށް ބޭނުންވާނެ މުހިންމު ގިނަ ބާވަތް ތަކެވެ.

ބަންޑްލްސް އޭ

މި ބަންޑަލްގެ އަގަކީ 499ރ. އެވެ. މި ޕެކޭޖުގައި ސޭންޑްވިޗް މޭކާ އާއި ޓޯސްޓާ އަދި ފަން ކައްކާ ކުރައެއް އަދި އިސްތިރި އެކެވެ.

ބަންޑަލްސް ބީ

މި ބަންޑަލްގެ އަގަކީ 799ރ. އެވެ. މީގައި ހިމެނެނީ ސޭންޑްވިޗް މޭކާ އަކާއި ޓޯސްޓަކެއް އަދި ފެން ކައްކާ ކުރަ އަކާއި އިސްތިރިއެއް އަދި މިކްސްޗަރެކެވެ.

ބަންޑްލްސް ސީ

މި ބަންޑްލްގެ އަގަކީ 1،111ރ. އެވެ. މި ބަންޑަލްގައި ރައިސް ކުކާ އާއި ސޭންޑްވިޗް މޭކާ އަދި ޓޯސްޓަރެއްގެ އިތުރުން ފެން ކައްކާ ކުރަ އަކާއި އިސްތިރިއެއް އަދި ބްލެންޑާއެއްގެ އިތުރުން ވަޅި ސެޓެއްވެސް ހިމެނެ އެވެ.

އެސްޓާސްއަކީ 1997 ވަނަ އަހަރުން ފެށިގެން ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ. އަދި މިހާރު އެސްޓާސްވަނީ ދިވެހިންގެ މަގުބޫލު ބްރޭންޑަކަށެވެ.