ވިޔަފާރި

އަންހެން އެކްސްޕާޓުންގެ ޕެނަލަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ފަށައިފި

Jun 19, 2018
1

އަންހެން އެކްސްޕާޓުންގެ ޕެނަލަކާއެކު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ 2018) ގެ އިވެލުއޭޝަންސް މިއަދު ފަށައިފި އެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ ޓޫރިޒަމަށް ދޭ އެންމެ ބޮޑު އެވޯޑު ކަމަށްވާ ސަޓާ އަށް 500 އަށްވުރެ ގިނަ ފަރާތް ވަނީ ނޮމިނޭޓްވެފަ އެވެ. މި އެވޯޑުގެ ނޮމިނޭޝަން ފަށާފައިވަނީ ރާއްޖެއިންނެވެ. ރާއްޖެ އަށް ފަހު ސްރީލަންކާ އާއި އިންޑިޔާ އަދި ނޭޕާލް އިވެލުއޭޝަން އޮންނާނެ އެވެ.

ސަޓާ 2018 ގައި މިހާރު ކުރިއަށްދާ އިވޭލުއޭޝަން ޕެނަލްގައި ހިމެނިވަޑައި ގަންނަވަނީ ސްރީ ލަންކާގެ އަމާލް ގުނަޓިލަކަ އާއި އިންޑިޔާގެ ރިންކޫ މަދަން އަދި ރާއްޖޭގެ އިންނާ ހާލިދު އެވެ. މީގެ ތެރެއިން އަމާލްއަކީ ސްރީލަންކާގައި ޓޫރިޒަމް ދާއިރާއަށް 30 އަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްފައިވާ އަންހެން ބޭކަނބަލަކެވެ. އިންނައަކީ ސަރުކާރަށް 25 އަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްފައިވާ ބޭފުޅެކެވެ.

މި އަހަރުގެ ސަޓާ އެވޯޑު ދިނުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިޔާގެ މުންބާއީގަ އެވެ.