overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކެރޭ ހިތްވަރުގަދަ ވިސްނުންތެރި މީހަކަށް ނޫނީ ވެރިކަން ނުކުރެވޭނެ: ޝަހީމް

އިލްމާއި ތަޖުރިބާ އަދި ސިޔާސީ ވިސްނުން ނެތް މީހަކަށް މި ޒަމާނުގައި ގައުމެއްގެ ވެރިކަން ނުކުރެވޭނެ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ޝަހީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް މިއަދު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޒަމާނުގައި ގައުމެއްގެ ވެރިކަން ކުރެވޭނީ ވަރަށް ހަރުދަނާ ވަރުގަދަ ޝަހުސިއްޔަތަކަށް ކަމަށެވެ. ގަދަ ކަނޑުގަ އާއި ތޫފާންގެ ވަރުގަދަ ބިޔަ ރާޅުތަކުގެ ތެރޭގަ ދުއްވަން މޮޅު ކެޔޮޅަކަށް ކަމަށެވެ.

"ފަޅުވެރިން ވެސް އެ ކެޔޮޅުގެ ކުޅަދާނަ ކަމާއި ބުއްދިވެރިކަމާމެދު ހައިރާންވާ ފަދަ ކެޔޮޅަކަށް، ދައުލަތާއި ގާނޫނާއި ވެރިކަމާ ދެކޮޅަށް އެތެރެ އާއި ބޭރުން ކުރިމަތިވާ އިސްތިއުމާރީ ވިސްނުމާއި ގިނިކަންޏާ ވެސް ކުރިމަތިލާން ކެރި ވަޑައިގަންނަވާ ހިތްވަރު ގަދަ ވެރިޔަކަށް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިލްމާއި ހިކުމަތާއި ތަޖުރިބާ އާއި ދައުލަތް ހިންގުމުގެ ސިޔާސީ ވިސްނުމާ ނުލާ އެއްވެސް ގައުމެއްގެ ވެރިކަމެއް މިހާރަކު ނުކުރެވޭނެ ކަމަށާއި މިފަދަ ސިފަތަކެއް ހުރި މީހަކަށް އޭނާގެ ބުއްދިވެރި ދުޝްމަނުން ވެސް ތާއިދުކުރާނެ ކަމަށެވެ.

ޝަހީމް މިހެން ވިދާޅުވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. ޝަހީމް ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވަމުންނެވެ. އަދި ސިޔާސީ މައިދާނުން ވަރަށް އަވަހަށް ފެނި ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ވެސް މީގެއް ކުރިން ދެއްވާފައި ވެއެވެ.