overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޖޭޕީ، އެމްޑީޕީ ހޫނުވެފައިވަނިކޮށް އެއް ކެނޑިޑޭޓެއްގެ އުންމީދެއް ދީފި

އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވެ ކޯލިޝަން ބައިބައިވެފައި ވަނިކޮށް އެއް ކެނޑިޑޭޓެއް ނެރެވޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފި އެވެ.

އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމަށް ޕާޓީތަކުގެ މެދުގައި ހަދާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ ކެންޑިޑޭޓް ފެނި ހިތްތަކަށް އުފާވެރިކަން ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.

ހުސައިން ރަޝީދު މިހެން ވިދާޅުވިއިރު އިއްޔެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އިދިކޮޅުގެ ސަރުކާރެއްގެ ކެބިނެޓް ކަމަށް އެމަނިކުފާނަށް ފެންނަ ކެބިނެޓް އިއުލާން ކުރައްވާފަ އެވެ. އެތައް މިނިސްޓްރީއެއް ހިމެނޭ އެ ކެބިނެޓްގައި އެމްޑީޕީއަށް އެއްވެސް މަގާމެއް ދީފައެއް ނުވެ އެވެ.

ގާސިމް މަގާމުތައް ދެއްވީ ޖުމްހޫރީ ޕާޓީގެ އިސް ހުރިހާ ބޭފުޅުންނަށާއި އަދާލަތު ޕާޓީގެ ބޭފުޅުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުންނަށެވެ. ނަމަވެސް އަދާލަތު ޕާޓީންނާއި ރައީސް މައުމޫންގެ އޮފީހުން ވަނީ ގާސިމްގެ ނިންމެވުމަކީ މަޝްވަރާގެ މަތިން ނިންމަވާފައި ނިންމުމެއް ނޫން ކަމަށް ބުނެ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

މީގެ ސަބަބުން އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑުކިޔުން ގާސިމަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެމްޑީޕީގެ މަޖިލިސް މެންބަރު އީވާ އަބްދުﷲ ވަނީ ގާސިމް އިބްރާހިމް އިއުލާން ކުރެއްވި ކެބިނެޓަށް ޓްވިޓާގައި ޖޯކް ވެސް ޖައްސަވާފަ އެވެ. މިކަމުގެ ސަބަބުން ކޯލިޝަންގައި އޮތް އެންމެ ބޮޑު ދެ ޕާޓީ ބައިބައިވެ އިންތިހާބަށް އެކުމުގައި ނުނިކުންނާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ.