ހަބަރު

އައިޖީއެމްއެޗަށްދާ އިމަޖެންސީ ވެހިލްތަކަށް ބޮޑުތަކުރުފާނު މަގާވީފަޅި

އައިޖީއެމްއެޗް ގެ އިމަޖެންސީ އަށްދާ ވެހިކަލްތައް ވަދެ ނިކުތުމަށް ބޭނުން ކުރަމުން އައި ބުރުޒު މަގު (ކަނބާއައިސާރަނި ހިނގުން) ވަގުތީ ގޮތުން ބަންދު ކުުރުމަށްފަހު ބޮޑުތަކުރުފާނު މަގާވީ ފަރާތުން ވަންނަގޮތަށް އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ. އައިޖީއެމްއެޗުން ބުނީ އިމާޖެންސީ އަށް ވަންނަ ވެހިކަލްތައް ވަދެ ނިކުތުމަށް މިހާރު ހަމަޖައްސާފައި ވާނީ ބޮޑުތަކުރުފާނު މަގާވީ ފަރާތުން ބުރުޒުމަގުންނެވެ. މިގޮތަށް ހަމަޖައްސާފައި މިވަނީ ޖޫން 23 ން ޖުލައި މަހުގެ 30 ގެ ނިޔަލަށެވެ.

އައިޖީއެމްއެޗުން ވަނީ 2016 ވަނަ އަހަރު ބުރުޒު މަގުން ވަދެވޭ ގޮތަށް އިންނަ ގޭޓަކީ ހަމައެކަނި އެމްބިޔުލެންސްތަކާއި އިމަޖެންސީ ވެހިކަލްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް އިންނަ ގޭޓެއްކަމަށް ހަމަޖައްސާފައެވެ. އަދި އެމަގުގައި ޚާއްސަ ސެކިޔުރިޓީ ޕޯސްޓެއް ވެސް ވަނީ ގާއިމްކޮށްފައެވެ.