ހަބަރު

މައުމޫން ފައުންޑޭޝަންގެ ސްކޮލާޝިޕަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަނުން ދޭ 10 ސްކޮލަޝިޕްގެ ފުރުސަތަށް އެދެން ދީފައި އޮތް މުއްދަތު މިމަހުގެ 24 އަށް އިތުރުކޮށްފި އެވެ.

މައުމޫން ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްކޮލާޝިޕްތަކަށް އެދި އެޕްލިުކޭޝަން ހުށަހެޅުމުގެ މުޔއްދަތު މިމަހުގެ 24 ވާ އާދީއްތަ ދުވަހުގެ މެންދުރެު 3:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.

މައުމޫން ފައުންޑޭޝަނުން މިފަހަރު ދޭން ނިންމާފައިވާ ސްކޮލާޝިޕްތަކަކީ 50 ޕަސެންޓް ފަންޑެޑް ސޮކޮލާޝިޕްތަކެކެވެ. ސްކޮލާޝިފް ދެނީ ފަސް ދާއިރާއަކުންނެވެ. އޭގެ ތެރޭގައި، ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަނާއި ބެޗަލާ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސްއާ ބެޗަލާ އޮފް ފިޒިއޮތެރަޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެ އެވެ.

މި ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖުގަ އެވެ.