ކުޅިވަރު

އިންގްލެންޑް ބޭނުންވަނީ ވީއޭއާރް ޓެކްނޮލަޖީ އުވާލަން

ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕުގައި، ވީއޭއާރް ޓެކްނޮލަޖީއާ މެދު އިނގިރޭސިން ހިތްހަމަ ނުޖހިއްޖެ އެވެ.

ޓިއުނީޝިއާ ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުން މޮޅުވި ނަމަވެސް، އެ މެޗުގައި އިންގެލެންޑަށް ދެ ޕެނަލްޓީ ލިބެން ޖެހޭ ކަމަށް ބުނެ އިނގިރޭސިން ވަނީ ޝަކުވާ ކޮށްފަ އެވެ. އިނގިރޭސި އެފްއޭގެ ޓެކްނިކަލް ޑައިރެކްޓާ ޑެން އޭޝްވޯތު ވަނީ، އެ މެޗުގައި އިންގްލެންޑަށް ޓިޔުނީޝިއާ ކުޅުންތެރިން ކުރި ފައުލްތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ފީފާ އަށް ފޮނުވާފަ އެވެ.

އިނގިރޭސިން ހުށަހެޅި ޝަކުވާ ފީފާއިން ގަބޫލު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް ފަހުން ފީފާއިން ބުނެފައި ވަނީ ވީއޭރް ޓެކްނޮލަޖީއާ މެދު އެ އިދާރާއިން ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އެ ޓެކްނޮލަޖީ ބޭޏުން ކުރަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

ޑެންމާކުގް ކޯޗް އާގެ އާރައިޑޭ ބުނެފައި ވަނީ، ވީއޭއާރްގެ ސަބަބުން ފުޓްބޯޅައިގެ ޖޯސް ގެއްލެމުންދާ ކަމަށެވެ. ސްޕެއިންއާ އިރާން ކުޅުނު މެޗުގައި، އިރާނުން ސްޕެއިންގެ ގޯލަށް ވައްދާލި ބޯޅައަކީ ލަނޑެއްތޯ ކަށަވަރު ކުރަން ގާތްގަނޑަކަށް ދެ މިނެޓެއްހާ ވަގުތު ހޭދަ ކުރި އެވެ.