ވިޔަފާރި

ޓޫރިޒަމް އޮކިއުޕެންސީ 2.2 ޕަސެންޓް މަތިވެ، 67 ޕަސެންޓްގައި

Jun 24, 2018
3

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ 67 ޕަސެންޓް މަތިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ އޮކިއުޕެންސީ ހުރީ 67.4 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 52.4 ޕަސެންޓާ ބަލާއިރު 2.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމް އެންމެ ދަށް ދުވަސްވަރު ރާއްޖޭގެ އޮކިއުޕެންސީ މަތިވެފައިވާއިރު، މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމްގައި ޖުމްލަ 42,680 އެނދު އެބަހުއްޓެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިރު ހުރީ 39,505 އެނދެވެ. މިއީ އަށް ޕަސެންޓުގެ އިތުރުވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަމަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް، މި އަހަރުގެ މިހާތަނަށް އައި މީހުންގެ އަދަދު ވަނީ ބޮޑުތަން މަތިވެފަ އެވެ. މި އަހަރުގެ މިހާތަނަށް 632,729 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 632,729 މީހުންނާ އަޅާ ބަލާއިރު 10.6 ޕަސެންޓް އިތުރުވުމެކެވެ.