ވިޔަފާރި

ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިރާގު

Jun 25, 2018

މަޝްހޫރު ކަސްޓަމާ ސާވިސް ކޮންސަލްޓަންޓް ރޮން ކައުފްމަން އިވެންޓުގެ މެއިން ސްޕޮންސަރަކަށް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމުކޮށްގެން ރޮން ކައުފްމަން ރާއްޖެ ގެނެސްދެން ބާއްވާ މި އިވެންޓު އޮންނާނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަނު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ދިރާގާއި މާޕްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މާބްލް ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މާޕްގެ ރައީސް ހުސައިން އަފީފު ވިދާޅުވީ ދިރާގު މެއިން ސްޕޮންސާއަކަށް ހަމަޖެއްސީ ކަސްޓަމާ ސާވިސަސް ދާއިރާގައި އެންމެ ރަނގަޅު ކުންފުންޏަކީ ދިރާގުން ކަމަށްވާތީ ކަމަށެވެ.

މާޕް އިން ރޮން ކައުފްމަންއާއެކު މި އިވެންޓު ބާއްވަނީ ކަސްޓަމާ ސާވިސްގެ ދާއިރާގައި ކުރިއަށް ދިއުމުގެ ސިއްރުތަކުގެ ނަމުގަ އެވެ. ހިއުމަން ރިސޯސަސްގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވާ މާޕްގެ މެންބަރުންގެ އަދަދު 350 އަށް އަރަހަ އެވެ.