ހަބަރު

އަލިފާން ރޯވެ ނިޔާމަ ރިސޯޓްގެ ވޯޓާ ވިލާތަކަށް ގެއްލުންވެއްޖެ

Jun 25, 2018

ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރިސޯޓްގެ ވޯޓާ ވިލާތަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މިއަދު ފަތިހު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެ އެވެ. މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ވެސް ކޮށްފަ އެވެ.

އެމްއެންޑީއެފްއިން ބުނީ، އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ހެނދުނު 7:03 ހާއިރު ކަމަށާއި ކޮންޓްރޯލްކުރެވުނުއިރު ރިސޯޓްގެ ވޯޓާ ވިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.