ކުޅިވަރު

ރަޝިއާ ބަލިކޮށް ގުރޫޕް އޭގެ އެއްވަނަ އުރުގުއޭއަށް

މުބާރާތް ބާއްވާ ގައުމު ރަޝިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގުރޫޕް "އޭ" ގެ އެއްވަނަ އުރުގުއޭ ހޯދައިފި އެވެ.

އުރުގުއޭ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. ރަޝިއާ ބަލިވި ހަމައެކަނި މެޗަކީ މި މެޗެވެ.

ދެ ވަނަ ބުރުގައި އުރުގުއޭ އާ ވާދަ ކުރާނީ، ގުރޫޕް "ބީ" ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ރަޝިއާ ދެވަނަ ބުރުގައި ވާދަ ކުރާނީ ގުރޫޕް "ބީ" ގެ ދެވަނަ ޓީމާ ދެކޮޅަށެވެ.

މެޗުގެ 10 ވަނަ މިނެޓްގައި، އުރުގުއޭއިން ވަނީ ލީޑް ނާގާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. އުރުގުއޭގެ ދެވަނަ ލަނޑަކީ، ރަޝިއާގެ ޑެނިޝް ޗެރިޝޭވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ މެޗުގެ 23 ވަނަ މިނެޓްގައެވެ.

އުރުގުއޭގެ ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު ކޮޅުގައި ކާމިޔާބު ކުރީ، އެޑިންސަން ކަވާނީ އެވެ.