ވިޔަފާރި

"އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓް" އަންނަ ހަފުތާ ހުޅުވަނީ

Jun 26, 2018

މާލެ އަތޮޅު، ކ. އަކިރިފުށީގައި ހަދާ އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓު އާދީއްތަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން އަކިރިފުށިން ބައެއް ހިއްކައިގެން އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުން ހަދާ ހަތަރު ތަރީގެ މި ރިސޯޓުގައި 39 ބީޗް ވިލާ އާއި 14 ޑިލަކްސް ބީޗް ވިލާ އަދި ޕޫލާއެކު ހުންނަ 45 ވިލާ އާއެކު 26 ވޯޓާ ވިލާ ހުންނާނެ އެވެ. އަދި ހަނީމޫންއަށް އަންނަ މީހުންނަށް ހާއްސަ ވިލާއެއްވެސް ހުންނާނެ އެވެ.

އެޓްމޮސްފިއާ ކުންފުނިން މި ރިސޯޓުގެ އިތުރުން ރާއްޖޭގައި ދެ ރިސޯޓެއް ދަނީ ހިންގަމުންނެވެ. އެއީ ކަނިފުށި ރިސޯޓާއި މާދޫ މާދޫ ރިސޯޓެވެ.

ސަރުކާރުން ދަނީ މި ދައުރުގައި 50 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފައެވެ. މިގޮތުން މިހާތަނަށް 24 އަށްވުރެ ގިނަ ރިސޯޓު ވަނީ ހުޅުވާފަ އެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް އާ ގިނަ ރިސޯޓުތަކެއް ހުޅުވާނެ އެވެ.