overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135

ސިޔާސީ ކޭމްޕްތައް ރިޔާސީ ރޭހުގެ ބްލޮކޭޑްގައި!

ރިޔާސީ އިންތިހާބަކާ ދިމާއަށް ދަތުރު ކުރާއިރު އިންތިހާބީ ރޭހުގެ ކޭމްޕްތައް ލީޑް ކުރާ ޕޮލިޓީޝަނުން ފުރަތަމަ ކުރަހައި ދޭނީ މަންޒަރެކެވެ. ރާއްޖޭގައި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާއަށް ދަތުރު ކުރާއިރު މިހާރު ފެންނަން އޮތީ ސިޔާސީ ތިން ކޭމްޕެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީޕީއެމްގެ ކޭމްޕާއި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ޖުމްހޫރީ ކޭމްޕާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ކޭމްޕެވެ. ދެން އުޅެނީ އެއިން ކޮންމެވެސް ކޭމްޕެއްގެ "ތޮށިގަނޑު ފަޅާލާފައި" ރޭހަށް ނުކުމެވޭތޯ އުޅޭ ގްރޫޕްތަކަކާއި ދެ ތިން ބޭފުޅުންނެވެ.

އިންތިހާބަށް ދާ މަގުމަތީގައި ރައީސް ނަޝީދު ކުރައްސަވައި ދެއްވާ މަންޒަރަކީ އެތެރެވެސް ބޭރުވެސް ރައީސް ޔާމީނާއި ދެކޮޅެވެ. ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަން ވަނީ ފޭލިވެފަ އެވެ. މި ސަރުކާރުގެ ދަރަންޏާއި ހިޔާނާތް ބޮޑެވެ. ތަރައްގީއަކީ ކޮންކްރީޓެއް ނޫނެވެ. އަދި ރައީސް ޔާމީނަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެކެވެ. އެހެން ވީމާ ރިޔާސީ ވޯޓަށް ދާން މި ކޭމްޕަށް އެންމެން ވަންނާށެވެ.

ރައީސް ޔާމީން ކުރައްސަވައި ދެއްވާ މަންޒަރަކީ އެންމެން ތިބީ ދަތްގަނޑު އަޅުވައި ސްޕީޑް ހިއްލާލާފައިވާ އާ ޒަމާނާއި ތަރައްގީ އާއި އިގްތިސޯދީ ދުވެލީގެ ތެރޭގައި ބިޒީވެފަ އެވެ. މި ސަރުކާރުން އަމާން ކަމާއި ސުލްހަ މަސަލަސްކަން ގެނެސްދީ މައްސަލަތައް ހައްލު ކުރާނެ އެވެ. އިސްލާމީ ދަންމަރާއެކު ގައުމިއްޔަތު އުފުލައިދޭނެ އެވެ. ރައީސް ނަޝީދަކީ ހައްލެއް ނޫނެވެ. ވޯޓަށް ދާން މި ކޭމްޕަށް އަންނާށެވެ.

ދެން ހުންނެވީ ގާސިމް އިބްރާހިމެވެ. ޖޭޕީގައި އެމަނިކުފާނު ކުރައްސަވައި ދެއްވާ މަންޒަރު އެއް ގޮތަކަށް ވެސް އަދި ސާފެއް ނޫނެވެ.

ރިޔާސީ އިންތިހާބުގައި ހުންނަވާނީ ރައީސް ޔާމީނާއެކުގައި ކަމަށް ވިދާޅުވެފައިމެ، ވަކިވެ ވަޑައިގެން އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި ކޭމްޕޭނެއް ފައްޓަވާފައި އުމަރު ނަސީރާއި ދެން ވެސް އެ ލިސްޓަށް ވަދެފައި އޮންނަ ނަން މިއިން ބޭރުވެ އެވެ.

މި ތިން ކޭމްޕް ވެސް އަދި ތިން ކޭމްޕްގެ އާ ކުރެހުން ވެސް އަދި ކުރިން ކުރެހި ކުރެހުންތައް ވެސް އާންމުންނަށް ވަރަށް ރަނގަޅަށް އެނެގެ އެވެ. ސަބަބަކީ ތިން ކޭމްޕުން ވެސް އެބަޔަކަށް ފެނުނު ކަމެއް ކޮށްފައި ވަނީ އަދި އެއާ ގުޅިގެން ހިނގި ކަމެއް ވިއްޔާ ހިނގައި ގޮސްފައި ވަނީ އާންމުންގެ ލޯ މަތީގަ އެވެ.

އެއީ ލޯމަތީގައި ހިނގި ކަންކަން ކަމަށް ވިޔަސް އާންމުންނަށް އޮޅޭ ހިސާބެއް އާދެ އެވެ. އެއް ކޭމްޕް އަނެއް ކޭމްޕާ އޮންނަ ވާދަވެރި ކަމާއި ކޭމްޕްތަކުގެ އެތެރޭގައި އޮންނަ ވާދަވެރި ކަމާއި ސަރުކާރެއްގެ ބާރުގެ ތެރެއިން އިންތިހާބަކަށް ދަތުރުކުރާ އިރު އެ ރޮނގުމަތިން އަޅުވާ އަދި ރޮނގުގެ އެކި ދިމަދިމާއިން އުފައްދާ "ބްލޮކޭޑް" ނުވަތަ ރިޔާސީ ހިސޯރުތަކެވެ.

ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިހާބަށް ދާން އިއުލާނެއް ކުރުމުގެ ކުރިން ޕީޕީއެމް އޮތީ އެ ޕާޓީގެ ބްލޮކޭޑުން ސަލާމްވެ މަގު ސާފު ކޮށްލައިގެނެވެ. -- ގްރައުންޑް ސާފުކޮށްލި ގޮތް އެއީ އެއީ އެހެން ކަމެކެވެ. -- އެކަމަކު އިދިކޮޅު ފަރާތްތަކުގެ ކޯލިޝަން އޮތީ ބްލޮކޭޑްގެ ތެރޭގަ އެވެ. އެމްޑީޕީ އޮތީ ބްލޮކޭޑްގެ ތެރޭގަ އެވެ. ޖުމްހޫރީ ޕާޓީ، އެހެންނާ ރިޕަބްލިކަން ޕާޓީ ވެސް އޮތީ އެގޮތުގަ އެވެ. އެއީ ސިޔާސީ ބައިވަރު ސަބަބުތަކާ ލައިގެނެވެ.

މި ބްލޮކޭޑްގެ ސަބަބުން އެމްޑީޕީގައި ރިޔާސީ އިންތިހާބަކަށް ފައްކާވެފައިވާ އެހެންނާ ފައްކާ ކުރެއްވިދާނެ "ބާނިން ޑިޒަޔާ" ހުރި ކެންޑިޑޭޓަކީ ކޮބައި ކަމެއް އަދި އެ ކެންޑިޑޭޓަށް ބާރު ގެނެސްދޭ ރަނިންމޭޓަކީ ކޮބައިކަމެއް ވޯޓިން ޕަވާއަކަށް ސާފެއް ނުވެއެވެ.

މިހާ ހިސާބަށް ދާއިރު އާންމުންނަށް އެނގެންޖެހޭ ނުވަތަ ލަފާކޮށްލާން ލިބެންވާ އެއްޗަކީ "ބާނިން ޑިޒަޔާ" ހުރި ކެންޑިޑޭޓާއި ރަނިން މޭޓްގެ ނަމެވެ. ޕްރެޒިޑެންޝަލް މޭޓިރިއަލްގައި މުހިންމު ދެ "ސްކިލް ސެޓް" ކަމަށްވާ ލީޑް ކުރުމާއި މޮޅުވުމާއި ރޮކްކޮށް ހަލުވައި ނުގަނެ، ގުޑް ގަވަނެންސް އާއެކު އެންމެން ގޮވައިގެން ރޮނގަށް އެރޭނެ ޕެއާއެއްތޯ ވިސްނާން އާންމުން ބޭނުންވާނެ އެވެ.

އެމްޑީޕީއަކަށް ވެސް ޖޭޕީއަކަށް ވެސް އަދި އެދެ ބައި މީހުންނާއި އަދާލަތާއި ރައީސް މައުމޫންގެ ޖަމާއަތާއި ވަކިވަކި ސިޔާސީ ބޭފުޅުން ހަދާފައިވާ ކޯލިޝަނަކަށް ވެސް އެކަމެއް ކުރެވިފައެއް ނެތެވެ. ރައީސް ޔާމީން ވަނީ ދުރާލާ އެކަން ނިންމަވާފަ އެވެ. -- އެކަން ކުރި ގޮތް އެއީ މުޅީން އެހެން ކަމެކެވެ. --

ފެންނަ ފެނުމާއި ކެމްޕޭނާއި ވާހަކަތަކަށް ބަލާއިރު އެމްޑީޕީ އެކްޓިވް ލީޑަޝިޕް އޮތީ ރައީސް ނަޝީދާއެކުގައިކަން އެނގެ އެވެ. އެމީހުން ތިބީ އެކަން ބަދަލު ކުރާ ވިސްނުމުގައި ހެނެއް ހީއެއް ނުވެއެވެ. ބަދަލުވިޔަސް އެކަން އެހެން ވެގެންދާނީ ވަގުތު ވަރަށް ކުޑަވެފައި އޮއްވަ އެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެއްވުމުގެ ގާނޫނީ ހަމައެއް ރައީސް ނަޝީދަކަށް އަދިއެއް ނޭޅެ އެވެ. ރައީސް ޔާމީނާއި ޕީޕީއެމުން އެ ފުރުސަތެއް ނުދޭނެ އެވެ. ޖަލުގައި ހުންނެވި ރައީސް މައުމޫނާއި ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހީމަށް ވެސް އޮތީ އެ ގޮތެވެ.

މިހެން އޮތް ނަމަވެސް އެހެން ބޭފުޅަކަށް ޗާންސް ދެއްވާފައި ރައީސް ނަޝީދު އެމްޑީޕީ ދޫކޮށެއް ނުލައްވާނެ އެވެ. ފަހު ވަގުތުގައި ނަމަވެސް ދޫކޮށްލެއްވުމަކީ އެމްޑީީޕީއަށާއި ރާއްޖެއަށް ލިބޭނެ ވަރަށް ރަނގަޅު ޗާންސަކަށްވާނެ އެވެ. އެކަމަކު ސިޔާސީ ބްލޮކޭޑްތައް ޖަހާފައިވާ ގޮތަށް ބަލާއިރު އެހެން ބޭފުޅަކަށް އަދި ކޯލިޝަނަށް ވެސް މިވަގުތު ފުރުސަތެއް ނުދީ ރައީސް ނަޝީދު އެމްޑީޕީ ހިފަހައްޓަވަނީ ބޭނުމެއްގަ އެވެ. އެހެން ބޭފުޅަކަށް ފުރުސަތު ނުލިބޭ ގޮތަށް އެމްޑީޕީގެ މެޝިން ލޮކް ކޮށްލާފައި ބާއްވަން ރައީސް ނަޝީދަށް މަޖުބޫރުވެ އެވެ.

އެމްޑީޕީ މި ބްލޮކޭޑްގެ ތެރޭ ފިއްތާލި ނަމަވެސް އެމްޑީޕީ ފަޅައިގެނެއް ނުދާނެ އެވެ. ހަމައެކަނި އަންނާނީ އަޑެއް އަރުވައިލެވޭ ވާހަކަތަކެއް ފެތުރިގެންދާނެ ހެލުމެއް އެކަންޏެވެ. ފަޅައިގެން ނުގޮސް ހިފަހައްޓައިދޭނެ ބާރަކަށް ވާނީ ވެސް ރައީސް ނަޝީދެވެ.

އެމްޑީޕީ ފަޅައިގެން ނުދާނެ ސަބަބަކީ ޕާޓީގެ ތެރޭގައި "ބާނިން ޑިޒަޔާ" ގެ ލީޑަޝިޕެއް ހުރިި ބޭފުޅުން ނެތުމެވެ. މިއީ ދެރަކޮށްލުމުގެ ބަހެއް ނޫނެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން އެކަހަލަ މިސާލެއް ފެނިފައި ހިނގައްޖެ އެވެ. ޑީއާރްޕީގައި އޮތް އަހުމަދު ތަސްމީން އަލީގެ ލީޑަޝިޕަކީ ރައީސް މައުމޫނަށް ހެއްދެވުނު ގޯހަކުން ޕާޓީގެ ތެރެއަށް އައި ބްލޮކޭޑެކެވެ. އެ ބްލޮކޭޑް ދުއްވާލެވޭވަރުގެ "ބާނިން ޑިޒަޔާ" ހުރި ސިޔާސީ ބޭފުޅުންތަކެއް ތެދުވެ ޑީއާރްޕީ އާއި އަހުމަދު ތަސްމީން އަލީ އާއި އަބްދުﷲ ޝާހިދާއި އަލީ ވަހީދާއި މަވޯޓާ ޝަރީފާއި ރޮޒައިނާ ފަދަ ބޭފުޅުންގެ އެ ބްލޮކޭޑް ނައްތާލި އެވެ.

އެކަމަކު އެއާ ހިލާފަށް ރައީސް ނަޝީދުގެ ބްލޮކޭޑް ނައްތާލެވޭވަރުގެ ބާރެއް ލެވޭ ވަރުގެ އަދި ރައީސް ނަޝީދު ފަދަ "ބާނިން ޑިޒަޔާ" ގެ ބޭފުޅެއް ވެސް ޓީމެއް ވެސް އަދި އެއް ނެތެވެ. އަދި މައުމޫންގެ ވެރިކަން ނިންމަން ރައީސް ނަޝީދު ހިންގެވި ފަދަ ހިނގުމެއް ހިނގޭނެ، އަދި ޕީޕީއެމްގައި މައުމޫންގެ ބާރު ކަނޑުވާލަން ރައީސް ޔާމީން ލެއްވި ފަދަ ބާރެއް އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާ ދެކޮޅަށް ލެވޭނެ ގޮތެއް ވެސް ހަމައެއް ވެސް އަދިއެއް ނެތެވެ.

ތިއްބެވިއްޔާ ތިއްބެވި ކަމަށް މި ފެންނަނީ ދަރަވަންދޫގެއަށް ނިސްބަތްވާ އަބްދުﷲ ޝާހިދާއި ބަގީޗާގެއަށް ނިސްބަތްވާ މުހައްމަދު ޝިހާބާއި ރައީސް ނަޝީދުގެ އާއިލާގެ ތެރެއަށް ފެތިފައިވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެކަމަކު އެއިން އެއް ވެސް ބޭފުޅަކީ ރައީސް ނަޝީދު ކަހަލަ "ފައިޓިން ސްޕްރިޓް" ގެ ބޭފުޅުންނަކަށް ނުވެ އެވެ. އަދި އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ހެއްދެވި ފަދަ ހިސާބެއް ހެއްދެވޭ ފަދަ ބޭފުޅުންނަކަށް ވެސް ނުވެއެވެ. ވަރަށް ރީއްޗަށް މާޒީ އެކަން ބުނެ ދެއެވެ. ތިން ބޭފުޅުން ވަކިވަކީން އެނަލައިޒް ކޮށްލާށެވެ.

މީގެ ތެރެއިން މުހައްމަދު ޝިހާބަކީ ބްލޮކޭޑްގެ ހާލަތު ބަދަލުވާ ގޮތަކުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ބޮރޯ ކުރަން ހިސާބަކަށް ވާހަކަ ދެކެވި މުޅީން ގޮތެއް ނުނިމި އޮތް ބޭފުޅެއް ކަމަށްވެ އެވެ.

ރައީސް ނަޝީދު ބްލޮކޭޑެއް ގެންނަވަނީ ކީއްވެ؟

ވަރަށް މުހިންމު ސުވާލެކެވެ؛ ކަންތައް ދިމާވި ގޮތުންނާވެސްއެކު އަލުން ވެރިކަމަށް ވަޑައިގެން ފަސް އަހަރުގެ ދައުރެއް އަދާ ކުރެއްވުމަކީ ރައީސް ނަޝީދުގެ ވެސް އަދި އެ މަނިކުފާނުގެ ސަޕޯޓަރުން ވެސް ވަރަށް ބޭނުން ކަމެކެވެ. އަދި ކަން ހިނގާފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވޭނެ މަގެއް އެމަނިކުފާނަށް ނެތްކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަ އެވެ. އަދި ރައީސް ޔާމީން އެފަދަ ފުރުސަތެއް ފަހިކޮށް ނުދެއްވާނެ ކަން ވެސް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަ އެވެ. އެކަން ވެސް އޮތީ ބްލޮކޭޑެއްގެ ތެރޭގަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައި ނުގަންނަވާ ކަމަށް ވަންޏާ އިދިކޮޅު އިސް ލީޑަރުގެ ގޮތުގައި ހުންނަވަން ރައީސް ނަޝީދު ބޭނުންފުޅުވާނެ އެވެ. މިހާރު ވެސް އެމަނިކުފާނަކީ އޮޕަޒިޝަން ލީޑަރު ކަމަށްވެފައި އޮތުމުގު ސަބަބުންނާއި އެމަނިކުފާނާއި ޓީމްގެ ޕީއާރްގެ މޮޅު ކަމުން ދުނިޔޭ ގައުމުތަކުން ބަލަނީ އެއީ ރާއްޖޭގެ އިދިކޮޅު މައި ލީޑަރުގެ ގޮތުގަ އެވެ. ގާނޫނު ކޮންމެ އެއްޗެއް ކިޔައިދިނަސް ވަރިހަމަ އެވެ.

އެ ދެ ސަބަބާހުރެ ރައީސް ނަޝީދަށް ބޭރުން އިންވިޓޭޝަންތައް އާދެ އެވެ. އެ މަނިކުފާނުގެ ކަންކަމުގައި ސަމާލުކަން ދެ ވެއެވެ. އަދި ރާއްޖޭގެ ކަންކަމުގައި އަޑު ހިއްޕާ އުޅޭ މުހިންމު ގައުމުތަކުގެ މުހިންމު ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވަން ލިބި ވަޑައިގަންނަވަ އެވެ.

މިފަދަ ދަނޑިވަޅެއްގައި ބްލޮކޭޑް ދޫކޮށްލައްވައި ފަހަތަށް ޖެހި ވަޑައިގެން އިބޫއަށް، ޝިހާބަށް އެހެންނާ ޝާހިދަށް ފުރުސަތު ދެއްވައި އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން އެ މަނިކުފާނަށް އޮޕޮޒިޝަން ލީޑަރު ކަން ގެއްލިދާނެ އެވެ. އެހެން ނުވި ނަމަވެސް އެމްޑީޕީގެ ބްލޮކޭޑް ފިލައި އެމްޑީޕީގެ ބަހުންނަމަ "ބިރުފަހަނަޅައިދާ" ލީޑަޝިޕެއް އުފެދިދާނެ އެވެ.

އަދި އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދުގައި އުފެދުނު މައްސަލަ ތަކުރާރުވެގެން އަންނާނެކަން ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އޭރަށް ރައީސަކީ ކާކުތޯ އޮޅޭ ހިސާބަށް ގޮސް ފުނިފުންޏަށް މައްސަލަ އުފެދި ޕީޕީއެމްގައި ތަޖުރިބާކުރި ކަންކަން ތަޖުރިބާ ކުރާ ހިސާބަށް ހިނގައިދާނެ އެވެ.

އޭރަކަށް ވާނެ ގޮތަކީ ރައީސް ނަޝީދުގެ ބާރު ކެނޑި ގޮޅި ހުސްވާނީ އެވެ. ވެރިކަމުގެ މަގު މިހާރަށް ވުރެ ބޮޑަށް ބަންދުވެ އިދިކޮޅު ލީޑަރުކަން ގެއްލި އަހަރުތަކަކަށް ރައީސް ނަޝީދު މަޑު ކުރައްވަން ޖެހިވަޑައިގެންފާނެ އެވެ. އަދި ސިޔާސީ މަސްރަހު ބަދަލުވާ ގޮތުންނާއެކު ޕީއާރް ކިތަންމެ މޮޅަސް އެ މުއްދަަތަށް ފަހު "ކަމްބެކެއް" ހެދުމަކީ ވެސް ރައީސް ނަޝީދަށް ފަސޭހަފުޅު ކަމަކަށް ނުވެ ހިނގައިދާނެ އެވެ.

މިހާރު އޮތް ގޮތުން ސިޔާސީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާއަށް ނޫނީ އިދިކޮޅު ލީޑަރަކަށް ނޫން ގޮތަކަށް ހުންނަވަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވެ އެވެ. އެހެންވީމާ ބްލޮކޭޑެއްގެ ތެރެއިން އެމްޑީޕީގެ މެޝިން އެ އޮންނަނީ އެ މަނިކުފާނަށްޓަކައި ހިފަހައްޓާފަ އެވެ.

ޖުލައި މަހުގައި އަންނަ ހާއްސަ ވަގުތުކޮޅު އައުމާ ހަމައަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަކީ އެމަނިކުފާނުގެ ބާރު ތެރޭގައި އެހެން ފޯސްއެއް ނޫފެދޭނެހެން ސޮލިޑްކޮށް އަތްޕުޅުގައި އެމްޑީޕީ ބާއްވާނެ ގޮތެކެވެ.
ރައީސް ނަޝީދާބެހޭ އެނަލައިޒް ކުރުމެއް

ރައީސުލްޖުމްހޫރިއްޔާ ކަމަށް މިފަހަރު ވާހަދަ ކުރެއްވޭ ގޮތް ނުވެގެން އިތުރު ފަސް އަހަރު މަޑުކޮށްލައްވައި މިހާރުވެސް އެ އުޅުއްވާ ގޮތަށް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވަން ޖެހި ވަޑައިގަތުމަކީ ރައީސް ނަޝީދަށް އެއްވެސް މައްސަލައަކަށް ނުވާނެ އެވެ. ހުންނަވަނީ ލަންޑަން އެހެންނާ ކޮލަމްބޯގަ އެވެ. ބޭނުންފުޅު ތަނަކަށް ވަޑައިގެންނެވޭނެ އެވެ. އެމަނިކުފާނުގެ ޕީއާރް އެހާ ވަރުގަދަ އެވެ.

ޖަލުގައި އެމަނިކުފާނުގެ ޓީމްގެ ބޭފުޅަކު ވެސް ނެތެވެ. ޖަލުގައި ތިއްބެވީ އެމަނިކުފާނުގެ ނަޒަރުގައި "ބާޣީން" ނެވެ. އެ ބޭފުޅުންނަކީ ޖަލަށްލާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅުނެވެ. އޭގެ މާކުރިން އެކަންކަން ހިނގައި އެމަނިކުފާނަށް ވެސް ފަސޭހައެއްވީ އެވެ.

އެހެންވުމުގެ ސަބަބުން ޖުލައި މަހުގައި އަންނަ ހާއްސަ ވަގުތުކޮޅު އައުމާ ހަމައަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަކީ އެމަނިކުފާނުގެ ބާރު ތެރޭގައި އެހެން ފޯސްއެއް ނޫފެދޭނެހެން ސޮލިޑްކޮށް އަތްޕުޅުގައި އެމްޑީޕީ ބާއްވާނެ ގޮތެކެވެ.

ރޭހުން ޖާގައެއް ލިބިވަޑައި ނުގަންނަވާނެ ކަން ޔަގީންވެ ވަޑައިގެންނެވިއަސް ދުލެއް ނުކުރައްވާނެ އެވެ. އެމަނިކުފާނުގެ ނަން އިލެކްޝަން ކޮމިޝަނަށް ވެސް ވައްދާނެ އެވެ. ކޮމިޝަނުން އެ ނަން ހޫރާލައިނޭ ވެސް މެއެވެ. އޭގެ ފަހުން ވަރުގަދަ ގާނޫނީ ޓީމަކާއެކު އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދާނެ އެވެ. ބަލައި ގަތަސް ބަލައި ނުގަތަސް އެއީ އެތެރެ އާއި ބޭރުގައި ދެކެވޭ ވާހަކައަކަށް އެކަން ބަދަލު ކޮށްލާނެކަން ޔަގީނެވެ.

ދެންވާނީ ކިހިނެއް؟ ބަދަލު ގެންނާނީ ކޮން ދިމާއަކުން؟

ވާނެ ގޮތަކީ އެ ފައިލް ހިއްޕަވައިގެން އިންޓަނޭޝަނަލް ކޮމިއުމިޓީގައި ހިންގަވައި އެމަނިކުފާނު ޑިސްކޮލިފައި ކުރީ ކަމަށް ދައްކާނެ އެވެ. އެމްޑީޕީން އިންތިހާބު ބޮއިކޮޓް ކުރާނެ ވާހަކަ ވެސް އަންނާނެ އެވެ. އެކަން ކުރުމާ ކައިރިއަށް ގެންގޮސް އެކަން ކުރުމަކީ ވެސް އަލަށް ރާއްޖޭގައި ހިނގާފާނެ ކަމެކެވެ. މި ހުރިހާ ކަމެއް ހިނގާއިރު އެމްޑީޕީ އޮންނާނީ ބްލޮކޭޑްގައި ބަނދެވިފަ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މި ފަހަރުވެސް ގާސިމް އިބްރާހިމަކީ ޑިސައިޑާ އަކަށް ވާނެ އެވެ. އެކަމަކު މިފަހަރު އާ ފާޑަކަށެވެ. ގާސިމަށް ބާރު ލިބި ވަޑައިގަންނަވަނީ ވަރަށް ފާޑަކަށެވެ. އެހެން ދިމާވަނީ ނަޝީދާއި އަދި ސަރުކާރުގެ ބްލޮކޭޑްގެ ސަބަބުންނެވެ. އެހެންވެ ގާސިމް ނިންމުމަކަށް ނޫން ގޮތަކަށް އިންތިހާބުގެ "ޓްވިސްޓް އެންޑް ޓާން" ބަދަލުވެގެން ހިނގައިދާނެ ކަމަކަށް ނުފެނެ އެވެ.

ގާސިމަށް ވާދައެއް ނުކުރެއްވޭނެ އެވެ. ޕާޓީން ކެންޑިޑޭޓަކު ނެރޭއިރު އެ ރޭހުގައި އުމަރު ނަސީރު ވެސް ހުންނާނެ އެވެ. އަދި އެހެން ނަމަވެސް އޮތުމާއެކު އެއީވެސް ވޯޓެއް ކަމަށް ބަލައި ވޯޓްތަކެއް ބައިބައި ވެގެންދާނެ އެވެ އެކަން ވަރަށް ބޮޑު މައްސަލަކަށް ވާނެ އެވެ. އޭގެ ސަބަބުން އުމަރު ނަސީރުގެ "ކަށި" ވެއްޓުނަސް އިންތިހާބެއް ވިން ކުރުމުގެ ފުރުސަތު ޖޭޕީއަށް ހަނިވާނެ އެވެ.

ޖޭޕީގައި ވެސް ރިޔާސީ ފުރިހަމަ ކެންޑިޑޭޓެއް ގާސިމް ފިޔަވައި ނެތެވެ. ކެންޑިޑޭޓެއް ނެރުމަށް ޖެހެނީ ކޮންމެވެސް އެހެން ދިމާއަކުން ބަލައި ހޯދާށެވެ. އެ ގޮތަށް އެމްޑީޕީގެ ތެރެއިން ބޭފުޅަކު ހޯދައިފިނަމަ ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީ އެ ބޭފުޅަކާމެދު ދެކޭގޮތް ބަދަލުވެ ބަލައި ނުގަތުން ވަރަށް ކައިރިވާނެ އެވެ. އެއީ ވެސް ބްލޮކޭޑެކެވެ.

މިހާތަނަށް އައި ހުރިހާ ރާޅެއްގެ ތެރެއިން ރައީސް ޔާމީން ސަލާމަތް ކޮށްދީފައި ވަނީ ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީ އެވެ. އެއި ހުރިހާ ރާޅެއް މުގުރި ފޮނަށް ވެގެން ދިޔައީ އެ ތިން ފަށަލަ އެކުލެވޭ ޝީލްޑްގައި ޖެހިފަ އެވެ. އެެހެންވީމާ ޖޭޕީގެ ނިންމުން އެދިމާއަށް ގޮސްފިނަމަ ކޮންމެވެސް ގޮތަކަށް ގޮސް އެ ޝީލްޑްގައި ލައިގަންނާނެ އެވެ. އެފަދަ ހާލަތެއްގައި އެ ތިން ދާއިރާއަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ވެސް ހުންނާނެ އެވެ. މާޒީ އެކަން ބުނެ ދެ އެވެ. އެއީ ޖޭޕީއަށް އޮތް ބްލޮކޭޑެކެވެ. އެހެން ކަމުން އެ ދިމާއިން ކެންޑިޑޭޓަކު ހޯދުމަކީ ޖޭޕީއަށް ނުކުންނާނެ މައްސަލައަކަށްވާނެ އެވެ.

މި ފަހަރުވެސް ގާސިމް އިބްރާހިމަކީ ޑިސައިޑާ އަކަށް ވާނެ އެވެ. އެކަމަކު މިފަހަރު އާ ފާޑަކަށެވެ. ގާސިމަށް ބާރު ލިބި ވަޑައިގަންނަވަނީ ވަރަށް ފާޑަކަށެވެ. އެހެން ދިމާވަނީ ނަޝީދާއި އަދި ސަރުކާރުގެ ބްލޮކޭޑްގެ ސަބަބުންނެވެ. އެހެންވެ ގާސިމް ނިންމުމަކަށް ނޫން ގޮތަކަށް އިންތިހާބުގެ "ޓްވިސްޓް އެންޑް ޓާން" ބަދަލުވެގެން ހިނގައިދާނެ ކަމަކަށް ނުފެނެ އެވެ.
އިންތިހާބުގެ އެނަލައިޒް ކުރުމެއް

ޖޭޕީން ކެންޑިޑޭޓެއް ނުނެރެފިނަމަ ދެން ވާދަ ކުރާނީ އުމަރު ނަސީރާއި ޔާމީނެވެ. އެހެންވެއްޖެނަމަ ބްލޮކޭޑް ފަންކްޝަން ކުރާ ގޮތް ތަފާތުވެ އެވެ. ސަބަބަކީ އުމަރު ނަސީރަކީ ރައީސް ޔާމީންގެ އިނެމީއަކަށް ނުވެ، ކޮމްޕެޓިޓާއަކަށްވާތީ އެވެ. އެެހެން ކަމުން ހަލުވާ ހަލުވާފައި ޖޭޕީން ކުރާ މޫވެއްގެ މައްޗަށް ރިޔާސީ އިންތިހާބު ވެސް އެނބުރިގެންދާނެ އެވެ.

އެމްޑީޕީ ވާނީ ތަޅުލެވިފައިވާ އެކަމަކު އަޑުގަދަ ކުރާ ވުވެޒެލާއަކަށެވެ. ކުރިމަތި ނުލެއްވޭނެތީ ރައީސް ނަޝީދު ބޭނުންފުޅުވާނީ ވެސް އެމްޑީޕީގެ އޭނާގެ އެއްޗެއްގެ ގޮތުގައި ބާއްވައިގެން ސިޔާސީ އަޑު ހިއްޕުވުމަށެވެ.

ގާސިމް ބަލަމުން ދަނީ ކޯލިޝަނެއްގެ މަސްލަހަތަށެވެ. އެމަނިކުފާނުގެ ރަހުމަތްތެރީން ޖަލުގަ އެވެ. ދަރިފުޅު ޖަލުގައެވެ. ކޯލިޝަން ވެފައި ވަނީ ބޮލު ރިހުމެކަށެވެ. އެހެންކަމުން ބްލޮކޭޑްގެ ތެރެއިން ހުޅުވޭ ގޭޓަކަށް މަޑުކޮށްލަން ގާސިމަށް މަޖޫބުރު ކަމެއް އެބައޮތެވެ. އޭގެ ޕްރެޝަރު މިހާރު އެދަނީ ފެންނަމުންނެވެ.

ޖޭޕީގެ ނިންމުން ފާމް ވާން ޖެހޭ

މި ވެރިކަން ގާސިމް ފިޔަވައި ކޮންމެ ދިމާއަކަށް ފުރޮޅުނަސް ޖަލުގައި ތިބި މީހުން ޖަލުގައި އަދި ގާސިމްގެ ވިޔަފާރި ލޮކްވެފައި އޮންނާނެކަން ގާސިމަށް އެނގިވަޑައިގަންނަވަ އެވެ. އަދި 2019 ގެ އާންމު އިންތިހާބުގައި ހުރިހާ ގޮނޑިއެއް ދޭން ޑިމާންޑް ކުރުމާއެކު އެހެން ނުވާ ކަމަށްވާނަމަ އެމަނިކުފާނުގެ ވިފަރާރިތަކުގެ ތަޅު ނުނައްޓާ ބާއްވާނެ އެވެ. އެ އަމާން ނުދީފީވިއްޔާ ގާސިމްގެ ބްލޮކޭޑަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

އެހެން ކަމުން މިއޮތް ދުވަސްތަކުގައި ޖޭޕީގެ ނިންމުން ވަރަށް ފާމް ވާން ޖެހެ އެވެ. ހުޅުވޭ ގޭޓެއް ކަމަށް ގާސިމް ބަލަނީ އެއީ ނަޝީދު ފަހަތަށް ޖެހި ވަޑައިގެން އިބޫއަށް ފުރުސަތު ދިނުން ކަމަށް ބަލާނަމަ އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. ލަފާވާ ގޮތުން ރައީސް ނަޝީދު އެހެން ނުވެސް ހައްދަވާނެ އެވެ. އެކަމަކު ފާމް ޑިޝަނެއް ނޯދިއްޖެނަމަ ފަސޭހަ ކަމާއެކު އިންތިހާބު ރައީސް ޔާމީން ގެންދާނެ އެވެ. އިތުރު ފަސް އަހަރަށް ޖޭޕީ މަޑު ކުރުމާއެކު ނަޝީދު ބޭނުންފުޅުވާ ގޮތަށް އޭނާ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވަން ލިބި ވަޑައިގެންފާނެ އެވެ.

އިންޓަނޭޝަލް ޕްރެޝަރު އޮންނާނީ ރައީސް ނަޝީދާ އެކީގަ އެވެ. އެކަމަކު އެއީ ބްލޮކޭޑަށް ބަދަލެއް ގެނުވައިފާނެ ކަމެއް ނޫނެވެ. ބަދަލެއް ގެނުވާނެ ހަމައެކަނި ގޮތަކީ އިންތިހާބު ނުބޭއްވުމާއި އިންތިހާބު ރިގް ކުރުމެވެ. އެހެން ވެއްޖެ ނަމަ "ގައިގައި އަތް ލާނެ" އެވެ. އެ ފުރުސަތު ރައީސް ޔާމީން ދެއްވާނެ ކަމަކަށް ނުބެލެވެ އެވެ. ވީމާ އޮތް ގޮތަކީ ބްލޮކޭޑުން ނެއްޓޭނެ ގޮތްތަކެއް ހޯދުމެވެ. އެކަން ކުރާނެ ގޮތުގެ ހިސާބެއް ޖެހޭނީ ހަދާށެވެ. ހިސާބު ޖަހައިގެން ހުރިހާ ކަމެއް ދެނެގަނެވޭނެ އެވެ.