overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު ނުދީ އިންތިހާބު އިންސާފުވެރިނުވާނެ: އޮސްޓްރޭލިއާ

Jun 26, 2018
3

ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައިގެން، ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ.

އޮސްޓްރޭލިއާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޑިމޮކްރަސީ އާއި މިނިވަން މުއައްސަސާތަކަށް ހުރަސް އެޅޭ ގޮތަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިގޮތުން، އަސާސީ ހައްގުތަކަށް އިހުތިރާމްކޮށް، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ އެއްވުންތަކަށް ފުރުސަތު ދިނުމަށް އެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވެއެވެ.

"... ހާއްސަ ގޮތެއްގައި، ސިޔާސީ ހައްޔަރީން ދޫކޮށްލައި، ގާނޫނުގެ ތެރެއިން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތުދީ، އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ."

މީގެ އިތުރުން، ރާއްޖޭގެ މަސްރަހު އޮސްޓްރޭލިއާ އިން ކައިރިން ބަލަމުން ގެންދާނެ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިންތިހާބާ ގުޅޭގޮތުން އޮސްޓްރޭލިއާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.

އިއްޔެ އެމްޑީޕީއިން "ޖަޒީރާ ރާއްޖެ" ޕޯސްޓަރުތަކެއް ހަރުކުރުމަށް ބޭއްވި ހަރަކާތް ފުލުހުން ފޮނުވައިގެން ހުއްޓުވިއިރު އެމްޑީޕީއިން ހުކުރު ދުވަހު ބޭއްވި ދުވުން ވެސް ފުލުހުން ހުއްޓުވާފައިވެ އެވެ. އެކަމާ ގުޅިގެން ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް އެމްޑީޕީއިން ވަނީ މިއަދު ބޮއިކޮޓްކޮށްފި އެވެ.