overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު އިންސާފުވެރިވާނެ ކަމުގެ ޔަގީންކަން އޮސްޓްރޭލިއާއަށް ދީފި

Jun 28, 2018
1

އަންނަ ސެޕްޓެމްބަރު ބާއްވާން ހަމަޖައްސައި ތައްޔާރުވަމުން އަންނަ ރާއްޖޭގެ ރިޔާސީ އިންތިހާބު އިންސާފުވެރި ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު އޮސްޓްރޭލިއާއަށް ދީފީ އެވެ.

ސަރުކާރުން މި ޔަގީންކަން ދީފައިވަނީ، ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައިގެން، ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާ އިން ވަނީ ޑިމޮކްރަސީ އާއި މިނިވަން މުއައްސަސާތަކަށް ހުރަސް އެޅޭ ގޮތަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިގޮތުން، އަސާސީ ހައްގުތަކަށް އިހުތިރާމްކޮށް، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ އެއްވުންތަކަށް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފައި ވެއެވެ.

އެކަމާއި ގުޅިގެން، ރާއްޖެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން އަންނަ ރިޔާސީ އިންތިހާބަކީ ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓަނުންނަށް ހަމަހަމަ ކަމާއެކު ފުރުސަތު ދެވިގެން ބޭއްވޭ އިންސާފުވެރި އިންތިހާބެއް ބާއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.

އެ ބަޔާނުގައި ފާހަގަ ކުރި ގޮތުގައި 2008 އިން ފެށިގެން ބޭއްވުނު ހުރިހާ އިންތިހާބުތަކެއް ވެސް އިންސާފުވެރި ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ބުނެފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިހާބާއި މެދު ވެސް ސުވާލު އުފެއްދާނެ ޖާގަ އެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ،

ނަމަވެސް އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމުގައި ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް ގާނޫނު އަސާސީ އާއި އޭގެ ދަށުން ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށް އަމަލު ކުރުމުގެ މުހިންމުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެހެން ނަމަވެސް، ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތާމަޔާއެކު ފާހަގަ ކުރަން،" ސަރުކާރުން ބުންޏެވެ.

"އަދި ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓަން އަޅަންޖެހޭ ފިޔަވަޅުތައް، އެއްވެސް ފަރާތެއް އިސްތިސްނާ ނުވާގޮތަށް ސަރުކާރުން ފުރިހަމައަށް އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން."

އިންތިހާބާ ގުޅޭގޮތުން އޮސްޓްރޭލިއާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.

އިއްޔެ އެމްޑީޕީއިން "ޖަޒީރާ ރާއްޖެ" ޕޯސްޓަރުތަކެއް ހަރުކުރުމަށް ބޭއްވި ހަރަކާތް ފުލުހުން ފޮނުވައިގެން ހުއްޓުވިއިރު އެމްޑީޕީއިން ހުކުރު ދުވަހު ބޭއްވި ދުވުން ވެސް ފުލުހުން ހުއްޓުވާފައިވެ އެވެ. އެކަމާ ގުޅިގެން ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް އެމްޑީޕީއިން ވަނީ ބޮއިކޮޓްކޮށްފަ އެވެ.