overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އުކުޅަހުން އިދިކޮޅު އެއްގަލަކަށް!

އުކުޅަހުން: ނާޒިމް ހަސަން
9

ކުރީގެ ސިޔާސީ ދެ ހަތުރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު، ވިޔަފާރިވެރިޔާ ގާސިމް އިބްރާޙިމްގެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ގޮވައިގެން ހެދި ކޯލިޝަނަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ތަފާތު އެންމެ ބޮޑު ކޯލިޝަނެވެ. ތަފާތު ފިކުރާއި ވިސްނުންތައް އެއް މޭޒަކަށް ގެނައި ބޮޑު ކޯލިޝަނެވެ. މި ކޯލިޝަންގެ ސިޔާސީ ވާދަވެރިޔާ، ރައީސް އަބްދުﷲ ޔާމީން އެކަން ސިފަ ވެސް ކުރައްވަނީ "ކޮކްޓެއިލް" އެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީނާއި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކައެކެވެ؛ އެއް ގަލެއް ހޯދައި އެއް ގަލެއްގައި އެކަތިގަނޑަކަށްވެ އިދިކޮޅު ލީޑަރުންނަށް ނުތިއްބެވޭނެ ކަމެވެ. ހުރިހާ ލީޑަރުންނަކީ ވެސް ވެރިކަން ބޭނުންފުޅުވާ ފަރާތްތައް ކަމެވެ. ދޫދިނުމެއް ނެތި ކޯލިޝަން ފަޅައިގެން ދާނެ ކަމެވެ. ފަހު ތަޅާލުންގަނޑު ރާއްޖެއިން ބޭރުގައި ހިނގާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އެގޮތަށް ކަންތައްތަކެއް ހިނގައިވެސް ދިޔަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ރަތުގެ ވެރި ޖުމްހޫރީ ޕާޓީ ހޫނެވެ، އިސް ބޭފުޅުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ފާޅުގައި ރައްދުކޮށް އަލިފާނަށްވާ ހިސާބަށް ވެސް ދިޔައެވެ. އެއް ކެންޑިޑޭޓެއް ނެރުމަށް ހެދި ކޮމެޓީގެ ބޭނުން ކެނޑޭ ހިސާބަށް ދިޔަ އެވެ.

އެމްޑީޕީ ނުހިމަނައި ގާސިމް އިބްރާހިމް ކެބިނެޓް އިއުލާން ކުރެއްވި އެވެ. ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުން ރައީސް ނަޝީދު "ކަތިލި" އެވެ. އެމްޑީޕީން "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕެއިން ވަރުގަދަކޮށް އެއީ އެންމެ ބޮޑު ޕާޓީ ކަމަށް ދައްކާ ޖުމްހޫރީ ޕާޓީއަށް އެމްޑީޕީގެ "ސައިޒް" ދެއްކި އެވެ.

މިހުރިހާ ކަމެއް ހިނގައިދިޔައިރު އިދިކޮޅަށް ސަޕޯޓްކުރާ މީހުން ތިބީ މާޔޫސްކަމުގަ އެވެ. އެއް ކެންޑިޑޭޓެއްގެ އުއްމީދު ގެއްލިފަ އެވެ. ސަރުކާރު އޮތީ ހީނލަ ހީލަ އެވެ. އެމީހުން ބުނަމުން އައި ކަންކަން ލޮލަށް ފެނި އަތުން ހިފެނީ އެވެ.

ދެން އައީ ޖޫން މަހުގެ 29 ވަނަ ދުވަހެވެ. ހުކުރު ދުވަހުގެ ހެނދުނު އެންމެ ހައިރާންކޮށްލި ހަބަރަކީ ރައީސް ނަޝީދުގެ ހާއްސަ މެސެޖެއް ޖޮއިންޓް ޕާލިމެންޓް ގްރޫޕަށް ފޮނުއްވި ހަބަރެވެ. އެމަނިކުފާނަށް ބޮޑު ތާއީދާއެކު ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމެވީ އެވެ. ހީ ނުކުރާ ފަދަ ގޮތަކަށް ފަހަތަށް ފިޔަވަޅެއް އެޅުއްވީ އެވެ. ރައްޔިތުންގެ މާޔޫސްކަން ނައްތާލަން ދޫދެއްވީ އެވެ. އެއާއެކު ހިޔާލު ތަފާތުވި ޖުމްހޫރީ ޕާޓީގެ ބޭފުޅުންގެ އިހްތިރާމް އަނބުރާ ހޯއްދެވި އެވެ.

ރައީސް ނަޝީދު ޓިކެޓް ދޫކޮށްލެއްވުމަށް ނިންމެވުމާއެކު އެންމެ ދުލު ކުރިއަށް އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި އައީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫއަކީ އެ ޕާޓީގެ ކެންޑިޑޭޓްކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ހުކުރު ދުވަހު އިދިކޮޅު ހަތަރު ޕާޓީން ގުޅިގެން ނެރުނު ނޫސް ބަޔާނަކީ ސަރުކާރަށް ފޮނުވާލި ވަރުގަދަ ހަމަލައެކެވެ. އިދިކޮޅުން އެއް ކެންޑިޑޭޓަކަށް އެއްބަސްވީ އެވެ. އެއް ކެންޑީޑޭޓެއްގެ ފަހަތުގައި މުޅި އިދިކޮޅު އޮތުމަށް އިގުރާރުވީ އެވެ. ކެންޑިޑޭޓްކަން އެމްޑީޕީއަށެވެ. ގާސިމް އިބްރާހިމް ވެސް ވަނީ ދޫދެއްވައި އެ ޕާޓީއަށް ރަނިންމޭޓްކަން ނަގާފަ އެވެ.

އިދިކޮޅުން އަރާ ގާ މިހާރު ވަނީ ހޯދިފަ އެވެ. ދޫވެސް ދީފަ އެވެ. ކޮކްޓެއިލްގެ ރަހަލައިފަ އެވެ. ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކަކަށް ވާނެ އެވެ.