ކުޅިވަރު

އާޖެންޓީނާގެ ޕްލޭން ހަދަނީ މެސީ ބޭނުންވާހެންތަ؟

އާޖެންޓީނާގެ ޕްލޭން އާއި ޓެކްޓިކްސް ރާވަނީ، ކެޕްޓަން ލިއޮނަލް މެސީ ބޭނުންވާ ގޮތަށް ނޫން ކަމަށް އާޖެންޓިނާގެ ކޯޗް ހޯޖޭ ސަމްޕައޮލީ ބުނެފި އެވެ.

ގުރޫޕްގެ ފަހު މެޗުގައި ނައިޖީރިއާ އާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި، ސާޖިއޯ އަގުއޭރޯ ކުޅެން ނެރުމުގެ ކުރިން ސަމްޕައޮލީ މެސީ އަށް ގޮވައި ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ. ބައެއް މީޑިއާ ތަކުން ބުނީ، ސަމްޕައޮލީ މެސީ ގާތުން އެހީ އަގުއޭރޯ ކުޅެން އަރުވާ ވާހަކަ އެވެ.

އެކަމަކު ސަމްޕައޮލީ ބުނީ މެސީ އާ ދެމެދު ދެއްކި ވާހަކަ ދިޔައީ މީޑއާއިން ސިފަ ކުރި ގޮތަކަށް ނޫން ކަމަށެވެ.

"މުހިންމު މެޗެއް ވީމަ އަހަރެމެން ބެލީ ތަފާތު ގޮތަކަށް ދެއްކިގެން އަދި އެގޮތަށް ޓީމުގެ ނިންމުންތައް ބިނާ ވަނީ،" ސަމްޕައޮލީ ބުންޏެވެ. "އަހަރެން ވާހަކަ ދެއްކީ މިކަމާ ބެހޭގޮތުން، އަހަރެން ގޭމް ބަދަލު ކޮށްލަނީ މުޅިން އެޓޭކިން ސްޓައިލަކަށް ކަމަށް އެއީ ވަރަށް އާދައިގެ ވާހަކައެއް އަަހރެންގެ ކުޅުންތެރިޔަކާ އަހަރެއް ދައްކަލާ ވާހަކައެއް."

ދެ ވަނަ ބުރުގައި މިއަދު، އާޖެންޓީނާ ނިކުންނާނީ ފްރާންސާ ދެކޮޅަށެވެ. ސަމްޕައޮލީ ބުނީ މެޗަށް އާޖެންޓީނާ ނިކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ދޭތިން އެކައްޗަށް ކަމަށެވެ.