ކުޅިވަރު

ކޮރެއާ ޓީމު ރަށަށް ދިއުމުން ބިސް ޖަހައިފި

ވޯލްޑްކަޕުގެ އެންމެ ފަހު ޗެމްޕިއަން ޖަރުމަން ބަލި ކުރި ނަމަވެސް ދެކުނު ކޮރެއާ ޓީމު ރަށަށް ދިއުމުން ބިސް ޖަހައިފި އެވެ.

ޖަރުމަން އތުން މޮޅުވި ނަމަވެސް ޓީމު ދެ ވަނަ ބުރަށް ނުދިއުމުން ސަޕޯޓަރުން ރުޅި ގަދަވީ އެވެ.

ޓީމު ގައުމަށް ދިއުމުން އިނިޗިއޯން ސިޓީގެ އެއާޕޯޓުން ހުނު މަރުހަބާއެއް ކީ އެވެ. ނަމަވެސް އެއާޕޯޓުން ނިކުމެ ޓީމު ފޯޓޯއަކަށް ހުއްޓިލުމަށް އެތުރިލި ވަގުތު، ސަޕޯޓަރުންގެ ފަރާތުން ވަނީ ޓީމު ފޯޓޯއަށް ހުއްޓިގެން ތިބި ތަނަށް ބިސް އުކާފަ އެވެ. އަދި އިނިގިރޭސި ވިލާތުގެ ދިދަގެ ރަމްޒު ހިމެނޭ ބާލިސްތަކެއްވެސް ކުޅުންތެރިންނާ ދިމާލަށް އުކި އެވެ.

ނަމަވެސް އެއްވެސް އެއްޗަކުން ކުޅުންތެރިންގެ ގައިގައި ޖެހިފައެއް ނުވެ އެވެ. ފަހުން ޓީމުގެ ތަރި ސަން ހިއުންގް މިން އާއި ކޯޗް ޝިންޓޭ ޔަންގު ވަނީ އެއްވެ ތިބި މީހުންނާ މުހާތަބު ކޮށްފަ އެވެ.

"އަހަރެމެން މުބާރާތަށް ދިޔައިރު ބޭނުމެއް ނުވި ޖޫންގައި ގޮސް ޖޫން ގައި އެނބުރި އަންނާކަށް، ޖޫންގައި އަންނަން ޖެހުމަކީ ވަރަށް ދެރަވި ކަމެއް،" ޝިން ވާހަކަ ދެއްކި އެވެ. "އަހަރެން ބޭނުން އަހަރެމެންގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން އަހަރެމެން ހޯދި އާދަޔާ ހިލާފް މޮޅު ސަޕޯޓަރުންގެ އެހީއާ ނުލައި އަހަރެމެންނަކަށް ނުހޯދުނިސް."

ސަން ބުނީ، ދެ ވަނަ ބުރަށް ދިއުމަށް ސަޕޯޓަރުންގެ ކައިރީގައި ވީ ވައުދު ފުއްދައި ނުދެވުމުން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ. އޭނާ ބުނީ ދުނިޔޭގެ ޗެމްޕިއަން އަތުން ލިބުނު މޮޅަކީ ކޮރެއާގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.