overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

"52 ޕަސެންްޓުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ"

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްގެ ކެނޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިސާބު ޖަހާނެ ގޮތަކަށް ޖަހައި ނެރޭނެ ވަރަކަށް ކެނޑިޑޭޓުން ނެރުނު ކަމުގައިވީ ނަމަވެސް ރައްޔިތުން ދެން ތަރައްގީއަށް ނޫނެކޭ ނުބުނާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއަހަރުގެ އިންތިހާބު ރައީސް ޔާމީން 52 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށެވެ.

ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކަމަށް އެޕާޓީގެ ކައުންސިލުން ނިންމައި ކެމްޕެއިން ހަރަކާތްތައް ވެސް މިހާރު ދަނީ ފަށައިގެން ކުރިއަށެވެ. އެގޮތުން ގެއިން ގެއަށް ކެމްޕެއިން މިދިޔަ ހަފްތާ ތެރޭގައި ވަނީ ފަށާފަ އެވެ.

ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، ރައްޔިތުންނަށް ޑެމޮކްރަސީގެ ނަމުގައި ފާއިތުވި 13 އަހަރު އެމްޑީޕީން ގެނެސްދިނީ ގެއްލުމާއި ހަލާކު ކަމަށެވެ. ފާއިތުވި ފަސް އަހަރު ގައުމު ރައީސް ޔާމީން ތަރައްގީ ކުރި މަންޒަރު ދިވެހިން ލޮލުންދެކި އަތުން ހިފާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން "އެންމެ ސެލްފީ ނަގަނީ މިއަދު އިބޫއާއެކު" ހެޑްލައިންގެ ދަށުން "އަވަސް" އިން ލިޔެފައިވާ ހަބަރު ޓްވީޓްކޮށް ވިދާޅުވީ، ދުވަސް ކޮޅަކުން އެމްޑީޕީ މީހުންނަށް ރައީސް ނަޝީދު އުޅުއްވިކަން ހަނދާންވެސް ނުހުންނާނެ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބު 52 ޕަސެންޓުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ދޫކޮށްލެވިކަން ކުރީގެ ރައީސް ނަޝީދު އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އެއާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ނެރޭނެ ކަމަށް ވަރަށް ބޮޑަށް ވަނީ ޔަގީންވެފައެވެ. ނަޝީދަށްފަހު އިބޫއަށް އެ ޓިކެޓް ދޭން އެއީ އެމްޑީޕީ ގިނަ މީހުން ބޭނުންވާ ގޮތެވެ.

ކޮންގްރެސްގައި އިބޫއަށް އެމްޑީޕީގެ ޓިކެޓްދީ ކެންޑިޑޭޓަކަށް ހަދާނެ ކަމަށް ބެލެވޭއިރު އެމްޑީޕީގެ ކެންޑިޑޭޓްގެ ފަހަތަށް އިދިކޮޅުގެ ހުރިހާ ޕާޓީތަކެއް އެރުމަށް ރޭ ވަނީ ޕާޓީތަކުގެ މެދުގައި އެއްބަސްވެފަ އެވެ. އެހެންވީއިރު އިބޫ ވެގެން ދާނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނޫނެވެ. މުޅި އިދިކޮޅުގެ ކެންޑިޑޭޓަށެވެ.