overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ޖޭޕީގެ ނައިބަކަށް އެމްޑީޕީ އިތުބާރު ކުރާނެބާ؟

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވީ 2008 ގައެވެ. އެ އިންތިހާބު އެމްޑީޕީއާއި ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުވީ އިންތިހާބުގެ ދެވަނަ ބުރާ ހަމައިން އެކުލަވާލި ކޯލިޝަނަކާއެކު އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯލިޝަން ނިމުމަކަށް އައެވެ. އަދި އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ގާއިމު ކުރިތާ ދެ އަހަރާއި ބައި ނުވަނީސް އެ ވެރިކަން އެ ޕާޓީގެ އަތުން ބީވެގެން ދިޔައީ އެވެ. އެ ޕާޓީން ބުނާ ގޮތުން ނަމަ އެ ގޮތް މެދުވެރިވި މައިގަނު ނައިބު ރައީސަކަށް އެ ބޭފުޅުންނަށް އިހުތިޔާރު ކުރެވުނު ބޭފުޅެއްގެ ސަބަބުންނެވެ.

އެމްޑީޕީ ދެކޭ ގޮތުގައި އޭރުގެ ސަރުކާރު ބަދަލުވެގެން ދިޔައީ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އެހީގައި "ބަޣާވާތެއް" ކޮށްގެނެވެ. -- އެ ސަރުކާރު ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ވަނީ ވަނީ ކޯނިން ނިންމާފަ އެވެ.

އެމްޑީޕީން ޔަގީން ކުރާ އެ "ބަޣާވަތު" ގެ އަޑީގައި ތިއްބެވި ކަމަށް އެމްޑީޕީން އެންމެ ބޮޑަށް ތުހުމަތު ކުރި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ފަރާތްތަކާއެކު އެމްޑީޕީން މިހާރު ގެންދަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވައިލުުމުގެ މަސައްކަތް ކުރަަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރީއްޗަށް މިފަހަރު ކާމިޔާބުވާނެ މަސައްކަތެކެވެ. ސަރުކާރަށް ތާއީދު ކުރާ މީހުން ބުނަނީ އެހެން ނުވާނެއޭ އެވެ. މާޒީ އޮތީ އެހެނެއް ނޫނޭ އެވެ. އެކަމަކު އިހަށްވީ ގޮތެއް މިހާރު ވާހަކަށް ވެސް ނުޖެހެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެއްވުމުގެ ގާނޫނީ ދޮރެއް ހުޅުވިފައި ނެތުމާއެކު ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބީ ރޭހަށް ނެރެން ވަނީ ނިމި އިއުލާނުވެފަ އެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު ގާނޫނީ ޕެއާ ހަމަ ކުރުމަށް އިބޫގެ ނައިބު ރައީސް ކަމަށް ބޭފުޅަކު ނެރުން "މިލްކު" ވެފައި ވަނީ ޖުމްހޫރީޕާޓީ އަށެވެ. އެ ޕާޓީގެ ފަރާތުން އިބޫއާއެކު ނައިބު ރައީސް ކަމަށް ނެރޭނެ ބޭފުޅަކު އަދި އިއުލާނެއް ނުކުރެ އެވެ. ނޫނީ އެކަމަކުގައި އަދި ގޮތެއް ނުނިންމެ އެވެ. އެކަމަކު މިއީ މިއީ އެމްޑީޕީން ވަރަށް ބޮޑަށް ވިސްނާނެ ކަމެކެވެ.

އެމްޑީޕީ ގަބޫލު ކުރާ މާޒީގެ ފިލާވަޅާއެކު، ނައިބް ރައީސް ކަމަށް ޖޭޕީން ނެރޭ ބޭފުޅަކީ އެމްޑީޕީއަށް ވެސް އިތުބާރު ކުރެވޭ ވަރުގެ ބޭފުޅަކަށް ހެދުމަށް އެ ޕާޓީން މަސައްކަތް ކުރާނެ އެވެ. ކުރަން ވެސް ޖެހޭނެ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ އިތުރުންވެސް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެންމެ "ސިޔާސަ" މަގާމަކަށް ވެގެން ގޮސްފައިވަނީ ނައިބް ރައީސުގެ މަގާމެވެ. އެގޮތުން ރިޔާސީ ފަސް އަހަރުގެ ދައުރު ނިމޭންދާއިރު މިހާރު ހުންނެވީ ރައީސް ޔާމީންގެ ތިން ވަނަ ނައިބު ރައީސެވެ. ފުރަތަމަ ޑރ. މުހައްމަދު ޖަމީލެވެ. ދެން އަހުމަދު އަދީބެވެ. މިހާރު އަބްދުﷲ ޖިހާދެވެ.

މި ސަރުކާރުގެ އިންތިހާބީ ނައިބް ރައީސް ޖަމީލަށް ރައީސް ޔާމީނަށް އިތުބާރު ނުކުރެއްވޭތީ މަޖިލީހަށް ހުށަހަޅުއްވައިގެން އެ މަގާމުން އޭނާ އަޒުލް ކުރީ އެވެ. ފަހުން އެ މަގާމަށް އަހުމަދު އަދީބު ގެނެސް، އަހަރެއްހާ ދުވަސް ނުވަނީސް އައި "ފިނިފެންމާ" ބޮމުގެ ހާދިސާއާއި އޭގެ ތެރެއިން އުފަންވި އެތައް ކަމެއްގެ ތެރެއިން އަދީބު ޖަލަށް ލެވި މަގާމު ގެއްލުނެވެ. އެނާގެ މައްޗަށް ޝަރީއަތްތައް ހިނގާއިރު އެކި ދައުވާތައް ޝަރީއަތަށް ސާބިތުވެ މިހާރު ވެސް 33 އަހަރުގެ ހުކުމްތައް ކޮށްފައި ވެއެވެ.

އޭގެ ފަހުން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބުދުﷲ ޖިހާދު ނައިބް ރައީސް ކަމަށް ގެނައީ އެވެ. އެއީ ސިޔާސީ ގޮތުން އެހާ ހަރަކާތްތެރި ބޭފުޅެއް ނޫނެވެ.

މި ހުރިހާ ކަމަކާއި މާޒީ މިހެން އޮތް އިރު އިދިކޮޅުގެ މަސައްކަތުގައި މިފަދަ ހާއްސަ އަދި މުހިންމު މަގާމަކަށް ބޭފުޅަކު ގެންނަން ފުރުސަތު މިއޮތީ ޖޭޕީއަށެވެ. އަދި ކުރިން ކަން ހިނގައި ދިޔަ ގޮތާއި ރައީސް ޔާމީން ސަރުކާރުގައި މި ހިނގައި ގޮސްފައިވާ ކަންކަމަށް އެމްޑީޕީން ނަޒަރު ހިންގައި ބަލާނެ އެވެ.

އިދިކޮޅުގެ ސަރުކާރެއްގައި ނައިބު ރައީސަކަށް ވެވަޑައިގެންފާނެ ބޭފުޅުން ކަމަށް މިހާރުވެސް ނަންތަކެއް އުޅެ އެވެ. އެހެން ނަމަވެސް އެއީ އެމްޑީޕީގެ ރުހުން އޮތް ނަންތަކެއްތޯ އަދި ރާއްޖޭގެ ސިޔާސީ އެފަދަ ހިސާބަކަށް ގެންދަން އެންމެ ގާބިލް ނަންތައްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެ އެވެ.

ޖޭޕީން "މިއީ އެ ޕާޓީގެ ފަހަރު" ކަމަށް ބުނަމުން އަންނަ އިރު، ޖޭޕީން ނައިބް ރައީސްގެ ގޮތުގައި ކަނޑައަޅުއްވާ ބޭފުޅަކަށް އެމްޑީޕީގެ އިތުބާރާއި ރުހުން ނުލިބި ގޮސްފިނަމަ، އަނެއްކާވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ ވަންނާނީ ބޮޑު ކޯޅުންގަނޑެއްގެ ތެރެއަށެވެ.