overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ ކެންޑިޑޭޓަކަށް ހޮވުމަކީ ސިޔާސީ ހަމަޖެހުން އަންނާނެ ކަމެއް: ޝައިނީ

Jul 1, 2018
7

އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު ނެރުމަށް އެމްޑީޕީގެ ކޮންގްރެސްއިން ނިންމި ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބަށް ޝަރުތުތައް ހަމަވާ ކެންޑިޑޭޓެއްގެ ގޮތުން އެމްޑީޕީގެ ކޮންގްރެސްއިން އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމި ނިންމުމަކީ ސިޔާސީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރިޔާސީ ކެމްޕޭން ފަށައިގަންނަންވީ ވަގުތު ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

ޝައިނީ އެހެން ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވަނީ އިބޫއަށް ފާޑު ވިދާޅުވާން ފައްޓަވައިފަ އެވެ. އެގޮތުން އިބޫ އަކީ ރައީސް ނަޝީދުގެ ޕަޕެޓެއް ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުން އެވެ.

ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ދެއްވި ފުރަތަމަ ތަގުރީރުގައި އިބޫ ރޭ ވަނީ ހާއްސަ ތިން ވައުދެއްވެވަޑައިގެންފަ އެވެ. އެގޮތުން ފުރަތަމަ ވިދާޅުވީ، މީހުންގެ މީހަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ދެން ވިދާޅުވީ، މާތްﷲ ފިޔަވައި އެހެން މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. ތިންވަނަ ކަމެއްގެ ގޮތުގައި އިބޫ ވައުދުވެވަޑައިގެންނެވީ ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވާނެ ކަމުގަ އެވެ. އަދި މަޝްވަރާގެ އުސޫލު އިސްކޮށް ގައުމަށް ހަމަޖެހުމާއި ހިމޭންކަމުގެ ދުވަސްތަކެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަތެވެ.