overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިބޫއާއެކު ސަރުކާރުން އެހެން ރާގެއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ފުރަތަމަ އުފުލި ގާޒީއަކު ވަގަށްނެގުމުގެ ދައުވާ ޓެރަރިޒަމްގެ ދައުވާއަަކަށް ބަދަލުކޮށް ހިންގި ޝަރީއަތަށް ފަހު ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލިއެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، މޭޑޭގެ ބޮޑު މުޒާހަރާއަށް ފަހު 12 އަހަރުގެ ޖަލު އައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގައި ހުންނެވީޫ ހަތިޔާރެއްގެ މައްސަލައެއްގަ އެވެ. އެ ނޫނަސް ސިޔާސީ ލީޑަރުންތަކެއް އެކި ސަބަބުތަކާއެކު "ބެދި" ފަ އެވެ.

ގާނޫނު އަސާސީއަށް ގެނައި ބަދަލެއްގެ ސަބަބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމާއި ކުރީގެ ރައީސް މައުމުން އަބުދުލްގައްޔޫމަށް ވެރިކަމަށް ކުރިމަތި ނުލެއްވެ އެވެ. އެ ބޭފުޅުންނަށް ދިމާވަނީ އުމުރުގެ މައްސަލަ އެވެ.

ގާސިމަށް ވަނީ ރިޝްވަތާ ގުޅޭ ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފަ ވެ. ރައީސް މައުމޫން ވެސް ހުކުމަކާއެކު ޖަލުގަ އެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާއެކު ގިނަ ބަޔަކަށް ބެލެވިފައި އޮތީ އިދިކޮޅު ފަރާތްތަކުން ކެނޑިޑޭޓަކު ދައްކާލާއިރަށް އެމީހަކު ގާނޫނީ ދަންތުރައަކަށް ފައްތާ ޖަލަށްލާނެ ކަމަށެވެ. ސިޔާސީ ބައެއް ފަރާތްތަކުން ވެސް ތުހުމަތު ކުރީ އެގޮތަށެވެ. އިދިކޮޅު ފަރާތްތަކުން ރިޔާސީ ރޭހަށް ނެރޭ ކެނޑިޑޭޓަކަށް ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ލިބުމާއެކު ސަރުކާރުގެ ރާގު ބަދަލުވެއްޖެ އެވެ. ސަރުކާރުގެ ބާރުގަދަ ވަޒީރުން މަރުހަބާގެ މެސެޖްތައް އިބޫއަށް ފޮނުވަމުން ދިޔައިރު، ރައީސް ޔާމީންގެ މަރުހަބާގެ ސިޓއެއް ވެސް އިބޫއާ ހަމަޔަށް ފޯރިއެވެ. އުންމީދުވެސް ނުކުރާ މަންޒަރެއް ފެންނަށް ފެށި އެވެ. ބަލަ ބަލާތިއްބާ މުޅި މަންޒަރު ބަދަލުވީއެވެ.

އަދިވެސް ގިނަ ބަޔަކު ތިބީ މި ބަދަލު ބަލަން ދަތިވެފަ އެވެ. އެހެންވެ މި ކަމުގައި "ރޭވުންގަނޑެ" އް އޮތް ކަމަށް ގަބޫލު ކުރާ މީހުންވެސް އުޅެ އެވެ. އަދި ހުރި ކަމެއް މުޅީން ބަދަލުވެއްޖެ ކަމަށް ގަބޫލު ކުރާ ފަރާތްތައް ވެސް އުޅެ އެވެ.

ރައީސް ޔާމީން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަަކަތަކުން އީޔޫއާއި، ބޭރުގެ ޖަމާތްތަކުގެ ޕްރެޝަރު ސަރުކާރަށް އިންތިހާއަށް އޮތްކަން އެނގެ އެވެ. ހަމަ އެހެންމެ ސަރުކާރު މަންދޫބުން ފޮނުވާ މަޝްރަހު ފިނި ކުރެވޭތޯ މަސައްކަތް އެބަ ކުރެއެވެ.

ބައެއް ފަރާތްތަކުން ގަބޫލު ކުރާގޮތުގައި، އެ ޕްރެޝަރާއެކު މި ބަދަލު އަންނަން ޖެހުނީ އެވެ. އީޔޫ އާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ ވަރަށް ބޮޑު އަޑިގަނޑަކަށް ރާއްޖެ ވެއްޓިދާނެތީ އެވެ.

އަނެއް ބަޔަކު ގަބޫލު ކުރާގޮތުންނަމަ، އިބޫ ނިކުމެއްޖެ ނަމަ ހުދު ޕީޕީއެމްގެ ތެރެއިންވެސް އިބޫއަށް ވޯޓުދޭނެ ގިނަ ފަރާތްތަކެއް ތިބޭނެ އެވެ. އޭގެ ސަބަބުން ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ކުޑައެވެ.


އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައީސް އަބުދުﷲ ޔާމީނާއި، ސަރުކާރުގެ ވެރިންްނަށް އެންމެ ފަސޭހައިން ސަލާމަތް ވެވެން އޮތީ އިބޫ ފަދަ، ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެނެވެ. އިބޫ އާއި ރައީސް ޔަމީނަކީ އެކީގައި ގިނަ ދުވަސްތަކެއްވަންދެން މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ގާތް ދެ ބޭފުޅުންނެވެ. މިއީވެސް ސަރުކާރުގެ ރާގު ބަދަލުވި ސަބަބަކަށް ވެދާނެ އެވެ.