overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޖޭޕީއިން ދައްކާނީ އެމްޑީޕީއިން ވެސް ގަބޫލުކުރާނެ ރަނިންމޭޓެއް: މާރިޔާ

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ދައްކާނީ އެމްޑީޕީއިން ވެސް ގަބޫލުކުރާނެ ފަދަ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ކެމްޕެއިނުގެ ތަރުޖަމާނުކަމާ ހަވާލުވެވަޑައިގެން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ވަރަށް އެކުގައި ކަމަށެވެ. ނިންމުންތައް ވެސް ނިންމަނީ އެކުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ. މަޖިލީހުގެ ތެރޭގެ ނިންމުމެއް ވެސް މަޝްވަރާ ނުކޮށް ނުނިންމާ ކަމަށެވެ.

"ޕާޓީތަކުގެ މެދުގައި ކެންޑިޑޭޓް ނެރުމުގައި ވެސް މަޝްވަރާ ކުރެވުނު، އެކި ލެވެލްގަ ލީޑަޝިޕްގައި ކަންކަން ނިންމާއިރު ވެސް މަޝްވަރާގެ ތެރެއިން މި ދަނީ، އެހެންވީމަ ރަނިންމޭޓެއް އެ ބޭފުޅުން އިއުލާން ކުރައްވާއިރު ވެސް އެ ވެގެން ދާނީ އަޅުގަނޑުމެންނަށް ވެސް ގަބޫލު ކުރެވޭ ރަނިންމޭޓެއްގެ ގޮތުގައި،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލި ކުރައްވާނެ ކަމަށެވެ. ރައްޔިތުން ތިބީ އިބޫއަށް ވޯޓު އަޅަން ތައްޔާރަށް ކަމަށެވެ.

މަޖިލީހުގެ މެންބަރު މާރިޔާ ވަނީ ރައީސް ޔާމީން އިއްޔެ އިބޫއަށް ފާޑުވިދާޅުވެފައިވާތީ އެކަމަށް ވެސް ރައްދު ދެއްވާފަ އެވެ. މާރިޔާ ވިދާޅުވީ، އިބޫއަށް މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ރައީސް ޔާމީން ސިފަ ކުރައްވާއިރު އިބޫއަކީ ވޭތުވެދިޔަ 25 އަހަރު ދާއިރާގެ ރައްޔިތުންގެ އަގުލަބިއްޔަތުން އެ ދާއިރާގެ މެންބަރުކަން ކުރައްވަމުންދާ ބޭފުޅެއް ކަމަށެވެ. އެމްޑީޕީގެ އެހެން މަޖިލިސް މެންބަރުން އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށެވެ.

ކޮންގްރެސްގައި އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކުމުން މަރުހަބާ ކިޔައި މަޝްވަރާއަށް ގޮވާލުމަކީ ވެސް ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް މާރިޔާ ސިފަ ކުރެއްވި އެވެ. މާރިޔާ ވިދާޅުވީ، މަޝްވަރާތަކަށް ދާނެ ގޮތް ޕާޓީތަކުން މީގެކުރިން ވެސް އޮންނާނީ ސަރުކާރަށް އަންގާފަ ކަމަށެވެ.

"އިބޫ ކެންޑިޑޭޓެއްގެ ގޮތަށް ކަނޑައެޅީމަ މަޝްވަރާއޭ ކިޔައިގެން ވާހަކަތައް ކޮންމެހެން ވިދާޅުވާނެ ކަމެއް، އިންތިހާބު ކައިރިވީމަ މަޝްވަރާއަށް އަންނާށޭ ބުނިއިރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ނޮވެމްބަރު 11 ގައި ހުވާ ކުރައްވާނީ ރައީސް ޔާމީނެއް ނޫން، އެހެން ކެންޑިޑޭޓެއް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އިންސާފު، މިނިވަން އިންތިހާބެއް އޮންނާނެ ކަމަކަށް އެމްޑީޕީއިން ގަބޫލު ނުކުރާ ކަމަށެވެ. އިދިކޮޅަށް ބޮޑެތި ފިއްތުންތަކާއި ދުއްތުރާތައް ޖައްސާނެ ކަމަށެވެ. އެހެންނަމަވެސް ގައުމު އޮތް ހާލަތުން އެފަދަ އިންތިހާބެއް އަންނަންދެން ތިބެވެން ނެތް
ކަމަށާއި ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީން ނޫން އެހެން ގޮތެއް ކަމަށެވެ. އެ ގޮތް ރައްޔިތުންނަށް ހޯދައިދޭން ގޮންޖެހުންތަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.