overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ގާސިމްގެ ވައުދުތައް އެމްޑީޕީގެ މެނިފެސްޓޯއާ ދެކޮޅަށް

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރެފައިވާ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމާ މުޅިން ދެކޮޅު ވައުދުތަކެއް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަރާތުން އިދިކޮޅު ޕާޓީތަކަށް ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ ވައުދުތަކުގެ ނަމުގައި ނެރެފައިވާ މެނިފެސްޓޯގައި 11 ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން އިސްލާހު ކުރުމަށް ހިމަނާފައި ވެއެވެ.

އެގޮތުން ރައްޔިތުންނަށްޓަކައި އިދިިކޮޅު ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށާއި ޕާޓީތަކުގެ ހިޔާލު ތަފާތުވީ ނަމަވެސް އެކަމަށް އިހުތިރާމް ކުރުމަށެވެ. އަދި އެއްވެސް ޕާޓީއެއްގެ އެއްވެސް ވަޒީފާއެއް ނުވަތަ ސަރުކާރާއި ރައްޔިތުން މަޖިލީހުގެ ހިއްސާއެއް އުނި ނުކޮށް ރައްޔިތުންގެ އުންމީދުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ވައުދުތަކުގައި ވެއެވެ.

ގާސިމްގެ ވައުދުތަކުގައިވާ ގޮތުން ފުލުހުންނާއި ސިފައިންގެ ބާރާއި ހިދުމަތްތައް ގާނޫނަކުން ނުވަތަ އެނޫންވެސް ގޮތަކަށް އުނިކަން ނުގެނައުމަށާއި އެއްވެސް ހާލަތެއްގައި ރާއްޖެއިން ބޭރުގެ ސިފައިން ދިވެހި ދައުލަތުގެ ހިދުމަތަށް ނުގެނުމަށް ވަނީ ހިމަނައިފަ އެވެ. އަދި އެއްވެސް ހާލަތެއްގައި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގެތަކަށް އައްޔަން ނުކުރުމަށާއި ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން މިނިވަން ކުރުމަށް ވެސް ގާސިމް ވައުދުވެ ވަޑައިގެންފައިވެ އެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ބަޔަކަށް މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހާއި 65 އަހަރުން މަތީިގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގެނައި އިސްލާހާއި 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ އަސްލާއި ހިލާފަށް ނިންމާފައިވާ އެންމެހައި ކަންކަން ރުޖޫއަ ކުރުމަށްވެސް ވައުދުތަކުގައި ވެއެވެ.

"ހާއްސަކޮށް ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށާއި ހިޔާލުފާޅު ކުރުމާއި މިނިވަން ނޫސްވެރިކަމާއި ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި ފަނޑިޔާރުންގެ ގެއާއި ފަނޑިޔާރުންގެ ހައްގުތަކާއި މުޅި ދައުލަތާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ފާސްކުރެވުނު އެންމެހައި ގާނޫނުތަކާއި ގަވާއިދުތައް އުލުން އިސްލާހު ކުރުން،" ގާސިމްގެ ވައުދުތަކުގައި ވެއެވެ.

ވައުދުތަކުގައި ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެއްވެސް ބަދަލެއް ނުގެނުމަށެވެ. އަދިި ކޯލިޝަން މެނިފެސްޓޯއެއް އިއުލާންކޮށް ހުރިހާ ޕާޓީތަކުން ތަންފީޒު ކުރުމަށެވެ. ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހައި ނިންމުމެއް ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދައި އެކައުންސިލުން ފާސްކޮށް ކުރިއަށް ގެންދިއުމަށްވެސް ގާސިމްގެ ވައުދުތަކުގައި ހިމެނެ އެވެ.

"އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުން ލިބުނު ހުރިހައި ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުން،" ވައުދުގައި ވެއެވެ.

މީގެ އިތުރަށް ކޮމަންވެލްތުގައި އަލުން ބައިވެރިވެ ބައިނަލްއަގުވާމީ ގުޅުން ބަދަހިކޮށް މިނިވަން ހާރިޖީ ސިޔާސަތެއް ގާއިމް ކުރައްވާނެ ކަަމަށެވެ. އަދި ރާއްޖޭގެ އެއްވެސް އިންވެސްޓްމެންޓެއް ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާފަދަ ގޮތަކަށް އެއްވެސް ބައެއްގެ އައްމަތްޗަށް ދޫކޮށް ނުލުމަށްވެސް ވައުދުތަކުގައި ވެއެވެ.

މިކަންކަމަކީ ޖޭޕީގެ ފަރާތުން ކޯލިޝަންގެ ފަރާތުން ވައުދުވާންއެދޭ ކަންކަން ކަމަށާއި މިއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އުފުދުނު ސަރުކާރު ތަކުން ކަންތައްތައް ވެގެންދިޔަ ގޮތުން މިއަދު އެޕާޓީން ގޮތެއް ނިންމުމުގައި ކޯލިޝަންގެ އެއްބަސްވުމެއްގެ މައިގަނޑު ރުކުންތަކާއި އަސާސްތަކުގައި ކޮންމެހެންވެސް ހިމަނަން ޖެހޭ ކަންކަން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގުޅިފައިޥާ ޕާޓީތަކުން އެއްބަސްވެފައި ވަނީ އެއް ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ބޭފުޅަކު ނެރުމަށެވެ. އަދި ނައިބަކަށް ޖޭޕީގެ ބޭފުޅަކު ނެރުމަށެވެ. އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ފަހު ނިންމާފައި ވަނީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު ނެރުމަށެވެ. ޖޭޕީ އިން ބުނީ އެ ޕާޓީ އިން ނައިބު ރައީސްގެ ނަން ނިންމާނީ، މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.