ހަބަރު

ވަގުތީ ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވައިފި

Jul 4, 2018
2

ސައިކަލް ތަކަށް ހާއްސަކޮށް އެސްޓީއޯ އިން ވަގުތީ ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ވިލެޖްގައި މިއަދު ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ، ބްރިޖާއި ގުޅިގެން ހަދާ ބައެއް މަގުތަކުގެ މަސައްކަތްތައް ކުރިއަށްދާތީވެ، ދުއްވާ ފަރާތްތަކަށް ދިމާވާ ދަތި އުނދަގޫތައް ކުޑަކުރުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި މިއަދު ވަގުތީ ޕްޓްރޯލް ޝެޑެއް ހުޅުވާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިޝެޑަކީ ހަމައެކަނި ސައިކަލް ތަކަށް ހާއްސަކޮށް ޕެޓްރޯލް އެޅުމަށް ހުޅުވާފައިވާ ޝެޑެކެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ، އެއް ނަަމްބަރު ޝެޑުން ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހިދުމަތް ދިނުމަށާއި އަޖީއެމްއެޗާއި ކާނިވާ ސަރަހައްދުގައި ހުރި ޝެޑްތަކުން ސައިކަލް ތަކަށް ތެޔޮ އެޅުމަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މިއަދު ހުޅުވިި ވަގުތީ ޝެޑާ ނުލައި އެފްއެސްއެމް އިން މާލޭގައި ވެހިކަލްތަކަށް ތެޔޮ އަޅަން ތިން ޝެޑެއް ހިންގަ އެވެ. އެއީ ސްޓެލްކޯ
ކައިރީގައި ހުންނަ ޝެޑާއި އައިޖީއެމްއެޗް ކައިރީގައި ހުންނަ ޝެޑްގެ އިތުރުން ކާނިވާ ކައިރީގައި ހުންނަ ޝެޑެވެ.