overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންޑިއާ ރާއްޖެއަށް: އިންތިހާބުގެ ކުރިން ގާނޫނީ މަގަށް ރުޖޫއަވޭ

Jul 7, 2018
11

މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން ކަންކަން ރަނގަޅުކޮށް ގާނޫނީ މަގަށް ރުޖޫއަވާން ޖެހޭ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއިން ހަފްތާއަކު އެއްފަހަރު ބާއްވާ، ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަވީޝް ކުމާރު ވިދާޅުވީ، ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން އިންޑިއާއިން ވަރަށް ކަންބޮޑުވާ ކަމަށާއި މި ހާލަތުގައި ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ. ރަވީޝް ކުމާރު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ސަރުކާރަށް ގޮވާލަނީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ މިނިވަން ކަމާ އެކު ހިނގުމަށް ފުރުސަތުދިިނުމަށާއި ޑިމޮކްރަސީގެ މަގަށް ދިވެހި ސަރުކާރު ރުޖޫއަވުމަށް ކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ ސިޔާސީ މާހައުލެއް ރާއްޖޭގައި ގާއިމް ކުރަން ޖެހޭ ކަމަށް ވެސް ރަވީޝް ކުމާރު ވިދާޅުވި އެވެ.

"ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީސް އަދި ޝަރުއީ ދާއިރާ މިނިވަންކަމާއި އެކު ހިންގުމަށް ހުރަސްއަޅާފައިވާ ދަނޑިވަޅެއްގައި ރިޔާސީ އިންތިހާބު ރާއްޖޭގައި ބޭއްވުމަށް އިއުލާން ކުރުމަކީ އިންޑިއާގެ ކަންބޮޑުވުމެއް،" ރަވީޝް ކުމާރު ވިދާޅުވި އެވެ. "އިންޑިއާއިން ރާއްޖެއަށް ގޮވާލަނީ ގާނޫނީވެރިކަން ރުޖޫއަކޮށް ޑިމޮކްރަސީގެ މަގަށް ކަންކަން އިއާދަކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކުރުމަށް،"

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ސަރުކާރުން ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކުރި މައްސަލައިގައި އިންޑިއާއިން ރާއްޖޭގެ ކަންކަން އިސްލާހުކުރަން ތަކުރާރުކޮށް އިންޑިއާއިން އަންނަނީ ރާއްޖެއަށް ގޮވާލަމުން އެވެ. އެކަމާ ގުޅިގެން ރާއްޖެ-އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ރާއްޖެއިން އިންޑިއާއަށް ވަނީ އަންގައިފަ އެވެ.