ޓީވީ ސީރީޒް

ފިރިމީހާ ގޮވައިގެން އިޝިތާ ރާއްޖެއަށް

ސްޓާ ޕްލަސްއިން ގެނެސްދެމުން އަންނަ އެކްތާ ކަޕޫރް މަޝްހޫރު ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ ދިވިޔަންކާ ޓްރިޕާތީ އާއި އޭނާގެ ފިރިމީހާ އެކްޓަރު ވިވެކް ދާހިޔާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މި ދެމީހުން ރާއްޖެއާއި މިއަދު ހެނދުނެވެ. ރާއްޖެ އައިސް ނަގާފައިވާ ބައެއް ފޮޓޯތަށްވެސް އެ ދެމީހުން އަންނަނީ އިންސްޓަގުރާމްގައި ހިއްސާކުރަމުންނެވެ.

ދިވްޔަންކާ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއް.

އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެއިރާ ވިޓާވެލި ރިސޯޓުގަ އެވެ. ރާއްޖެއައީ އެ ދެމީހުންގެ ކައިވެނީގެ ދެ ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. މި ދެމީހުން ކައިވެނިކުރީ ޖުލައިި 8، 2016 ގަ އެވެ.

ދިވިޔަންކާ ފެނިގެންދާ ޑްރާމާ "ޔޭ ހޭ މޮހައްބަތޭން" ފެށުނީ 2013 ވަނަ އަހަރު އެވެ. މި ޑްރާމާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޑްރާމާއެކެވެ. ދިވެހިންގެ މެދުގައި ދިވްޔަންކާ މަޝްހޫރީ "އިޝީ މާ" ގެ ނަމުންނެވެ. މި ޑްރާމާގައި ހާއްސަ ރޯލެއް އޭނާގެ ފިރިމީހާ ވިވެކްވެސް ކުޅެފައިވެ އެވެ.