overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީންގެ ރަނިންމޭޓަކީ ޝަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.

މިރޭ ޝަހީމް ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާން ކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގަ އެވެ. ޑރ. ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ.

އިސްލާމިކް މިނިސްޓަރު ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީ ސަރުކާރާ ހިޔާލު ތަފާތުވެ ކޯލިޝަނުން ވަކިވުމުންނެވެ. ކެބިނެޓަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ފަހުން ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީން
ވަކިވެވަޑައިގެންފަ އެވެ.

ޑރ. ޝަހީމަށް ރައީސް ޔާމީންގެ ރަނިންމޭޓްކަން ދެއްވާފައިވާއިރު އޭނާއަކީ ސައުދި އަރަބިއްޔާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ރައީސް ޔާމީނަކީ ސައުދި އަރަބިއްޔާއާއެކު އޮންނަ ގުޅުމަށް އިސްކަން ދެއްވާ ބޭފުޅެކެވެ.

އޭނާއަކީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް އިލްމީ ބޭފުޅެކެވެ. އުސޫލުލް ފިގްހުން ޕީއެޗްޑީ ނަންގަވާފައިވާ ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އިސްލާމިކް ފިގްހް އެކަޑެމީގެ މެންބަރުކަން ކުރައްވާފަ އެވެ.