overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެންމެ ވަފާތެރި ނައިބު ރައީސްއަކަށް ޝަހީމް ވާނެ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓު ކަމަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަކީ ރާއްޖޭގައި މިހާތަނަށް އައި އެންމެ ވަފާތެރި ނައިބު ރައީސްއަކަށް ވެވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނަަށް ރައީސް ޔާމީން ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް އައްޔަން ކުރުމާ ގުޅިގެން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝާހީމް އައްޔަން ކުރެއްވުމުގައި ރައީސް ޔާމީން ވަރަށް ގިނަ ކަންކަމަށް ބެއްލެވި ކަމަށާއި އެގޮތުން އެމަނިކުފާނަކީ ދީނީ އިލްމުވެރިންގެ ތެރޭގައި މަޝްހޫރު ބޭފުޅެއް ކަމަށާއި ގިނަ ބައެއްގެ ލޮއިއްބާއި އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ނައިބު ރައީސް ކަމަށް އެމަނިކުފާނު އައްޔަން ކުރުމަށް ޕީޕީއެމްގެ ކައުންސިލްގެ ހުރިހާ މެންބަރުން އިއްތިފާގުވާ ކަމަށާއި ޝަހީމް ނައިބަކަށް ހަމަޖެހިގެން ދިޔުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕީއެމްއަށް ލިބިގެން ދިޔަ ބޮޑު ފުރުސަތެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުސްތަޝާރު ޝަހީމްގެ ނަންފުޅު ހުށަހެޅުއްވަމުން ވިދާޅުވި އެ ނަންފުޅު ހުށަހަޅުއްވަނީ ކީއްވެގެންކަން، އެމަނިކުފާނަކީ އިލްމީ ގާބިލުކަން ހުރި ބޭފުޅެއް، ޝަހީމްއަކީ އެއްގޮތަކަށް ވެސް ކިލަނބު ކަމެއް ހުރި ބޭފުޅެއް ނޫން، އަދި ބޭރުގެ އިސްލާމީ ދުނިޔޭގައި ވަރަށް މަގުބޫލު ބޭފުޅެއް އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ރައީސް ޔާމީންގެ ރަނިން މޭޓަކަށް ދީނީ އިލްމުވެރި ބޭފުޅެއް އައުމަކީ ދިވެހިން އެންމެ ބޭނުންވާ ކަންކަން،"

އަބްދުއްރަހީމް ވިދާޅުވީ ޝާހީމްއަށް ރައީސް ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި އަދި ރައީސް ޔާމީންގެ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާތަން ފެނިގެންދާނެ ކަމަށް ޝަހީމް ވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ދުވަހަކުވެސް ފެންނާނެ އެންމެ ވަފާތެރި ނައިބު ރައީސްއަކަށް ޝާހީމް ވެގެންދާނެ ކަމަށް ޔަގީން ކުރާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ތިމަންނަގެ ފުރިހަމަ އިތުބާރު ޑރ. ޝަހީމްއަށް އެބައޮތޭ، އަޅުގަނޑުމެންގެ އިތުބާރު ވެސް އެބައޮތް،
އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު އެމަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސްއަކަށް ވެވަޑައިގެންނެވީ ޑރ. މުހައްމަދު ޖަމީލެވެ. ނަމަވެސް އޭގެ ފަހުން ޖަމީލު އެ މަގާމުން ދުރު ކުރުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އެ މަގާމަށް އައްޔަން ކުރެއްވި އެވެ. އަދި ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހު ގިނަ ދުވަސްތަކެއް ވަންދެއް ނައިބު ރައީސްގެ މަގާމް ހުސްކޮށް ހުރުމަށް ފަހު އެ މަގާމް މިހާރު އަދާ ކުރައްވަނީ ފިނޭންސް މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ޖިހާދު އެވެ.