overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މަގާމުން އިސްތިއުފާ ދެއްވާ، ޝަހީމް މާދަމާ ޕީޕީއެމްއާ ގުޅޭނެ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓަކަށް އައްޔަން ކުރުމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މާދަމާ ޕީޕީއެމްއާ ގުޅިވަޑައިގަންނަވަން ނިންމައިފި އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވެވޭނެ ކަމަށާއި އެހެންކަމުން މިއަދާ ހަމަޔަށް އެމަނިކުފާނަކީ އެއްވެސް ޕާޓީއެއްގެ މެންބަރެއް ނޫން ކަމަށެވެ. ނަމަވެސް މާދަމާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރަނިން މޭޓަކު ނެގުމުގައި އެއްގޮތަކަށް ވެސް ނުބަލަން ޕާޓީއެއްގެ މެންބަރެއްތޯ، އަޅުގަނޑުމެން މި ބެލީ އިންތިހާބު ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ކޮން ބޭފުޅަކަށްތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝާހީމް އެ މަގާމުން ވަކިވެވަޑައިގަތީ އަދާލަތު ޕާޓީ އާއި ސަރުކާރާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް ފަހުން ޝަހީމް ވަނީ އަދާލަތު ޕާޓީ އިން ވެސް ވަކިވެވަޑައިގެންފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޝަހީމް ޕީޕީއެމްއާ ގުޅިވަޑައިގަތުމާއެކު ވަރަށް ގިނަ ދީނީ އިލްމުވެރިންގެ ތާއީދު އެ ޕާޓީއަށް ލިބޭނެ ކަމަށާއި އެގޮތުން މަޝްހޫރު ދެ އިލްމުވެރިއަކު ވެސް ރައީސް ޔާމީން އެންޑޯޒް ކުރާނެ ކަމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ޝަހީމް ހުންނެވީ މިހާރުން މިހާރަށް ވެސް ކެމްޕެއިން ފަށަން ތައްޔާރަށް ކަމަށާއި އެގޮތުން ޕީޕީއެމް އިން އިންތިޒާމްތައް ހަމަޖައްސާ ހިސާބުން ހުރިހާ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަން ފައްޓަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.