ވިޔަފާރި

މީރާގެ މުވައްޒަފުން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި

Jul 8, 2018
1

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށް، ބަލިމީހުންނަށް ހަދިޔާ ދީފިއެވެ.

މީރާގެ އެސިސްޓަންޓް ކޮމިޝަނަރު ޖެނެރަލް، ރެވެނިއު އޮޕަރޭޝަންސް، އަހްމަދު އަލީ ވިދާޅުވެފައިވަނީ މި ހަރަކާތް ހިންގުމުގެ މަގްސަދަކީ މުޖްތަމައު ތެރޭގައި ބަލި މީހުންނަށް ޒިޔާރަތްކުރުމުގެ އާދަ އަލުން ދިރުވައި އާލާކުރުންކަމުގަ އެވެ. އަދި މިފަދަ ހަރާކާތްތަކަކީ މީރާއިން ބަލައިގަންނަ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ ހަރާކާތްތަކެއް ނޫން ކަމަށާއި، މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ހިންގާ ހަރަކާތްތަކެއްކަމަށް ވެސް އަހްމަދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ވަނީ މިފަދަ ހަރަކާތްތައް ހިންގުމަށް މީރާގެ މުވައްޒަފުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުހްއްމަދު، މި ފަދަ ކަންކަމަށް ދެއްވާ އަހައްމިއްޔަތެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މީރާއިން މުޖްތަމައުއަށް އެހީތެރިވުމަށް މިފަދަ އެކިއެކި ހަރަކާތްތައް ރާވައި ހިންގާނެކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރު އޮފް މެޑިކަލް ސާވިސަސް، ޑރ. އަލީ ނަޒީމް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީރާގެ މުވައްޒަފުން އިސްނަގައިގެން އައިޖީއެމްއެޗްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް މިފަދަ ހަރަކާތެއް ރާވައި ކުރިއަށްގެންދިޔަކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ މީރާއަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މީރާއިން މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.