ހަބަރު

އިންޓަޕާގެ ދާއިމީ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ

May 30, 2015

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީ(އިންޓަޕާ) ގެ ދާއިމީ މެމްބަރުކަން ރާއްޖޭގެ ފުލުހުންގެ ތަމްރީނު މަރުކަޒު ކަމަށް ވާ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯޒްމަންޓް ސްޓަޑީޒް(އައިލްސް) އަށާއި ޕޮލިސް އެކަޑަމީއަށް ލިބިއްޖެ އެވެ.

އިންޓަޕާގެ ދާއިމީ މެމްބަރުކަން ރާއްޖެއަށް ލިބުނުކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިމަހުގެ 25 އިން 27 އަށް އަބޫދާބީގައި ބޭއްވި އެ ޖަމާއަތުގެ ހަތަރު ވަނަ ކޮންފަރެންސްގަ އެވެ. އެ ލިޔުމާ ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދެވެ.

ދާއިމީ މެމްބަރުކަން ލިބުމުގެ ކުރިން 2013 އިން ފެށިގެން އިންޓަޕާގެ މެމްބަރުކަން ރާއްޖެއަށް އޮތީ ލިބިފަ އެވެ.