overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރާނަން: ޝަހީމް

އަންނަ ރިޔާސީ އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަޒުމް ގުޑުވައެއް ނުލެވޭނެ ކަމަށެވެ. އަދި އިންތިހާބު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ދަމަހައްޓައި އިގްތިސޯދު ވަރުގަދަކޮށް ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި މުސްތަގުބަލުގެ ޖީލު ތަކަށްޓަކައި ރާއްޖޭގައި ދިވެހި ވަންތަ މުސްތަގިއްލު ވަރުގަދަ ހަދާރަތެއް ގާއިމް ކުރުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސުމާއެކު ގިނަ ދީނީ އިލްމުވެރިންނެއް ދަނީ ތާއީދު އޭނާ އަށާއި ރައީސް ޔާމީނަށް އޮތްކަން ހާމަ ކުރައްވަމުން ނެވެ. އެފަރާތްތަކަށް ޝަހީމް ގެންދަވަނީ ޝުކުރު އަދާ ކުރައްވަމުން ނެވެ.

ޝަހީމް ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާން ކުރައްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގަ އެވެ. ޑރ. ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ.

ޝަހީމް މިހާރު އަދާކުރައްވަމުންދަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމެވެ. އޭނާ ވަނީ މިއަދު އެމަގާމުން އިސްތިއުފާ ދެއްވާނެ ކަމަން އިއުލާން ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީ ސަރުކާރާ ހިޔާލު ތަފާތުވެ ކޯލިޝަނުން ވަކިވުމުންނެވެ. ކެބިނެޓަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ފަހުން ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީން
ވަކިވެވަޑައިގެންފަ އެވެ.

ޑރ. ޝަހީމަކީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް އިލްމީ ބޭފުޅެކެވެ. އުސޫލުލް ފިގްހުން ޕީއެޗްޑީ ނަންގަވާފައިވާ ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އިސްލާމިކް ފިގްހް އެކަޑެމީގެ މެންބަރުކަން ކުރައްވާފަ އެވެ.