ދުނިޔެ

އެމެރިކާގެ ނައިބު ރައީސްގެ ދަރިކަލުން އަވަހާރަވެއްޖެ

May 31, 2015

"ބޯ ބައިޑެން އަކީ އަހަރުމެންނަށް ފެނުނު އެންމެ މާތް، ރަނގަޅު މީހާ،" އެ ބަޔާނުގައިވެ އެވެ.

އެމެރިކާ އިން 2003 ގައި އިރާގުގައި ކުރި ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމުގެ އިތުރަށް އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑެލްވެއާ ސްޓޭޓުގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޯ އަށް އެންމެ ފުރަތަމަ ސިއްހީ މައްސަލަތައް ކުރިމަވާން ފެށީ 2010 ގަ އެވެ. އެ ފަހަރު އެ މަނިކުފާނަށް ޖެހުނީ ސްޓްރޯކެކެވެ. އެކަމަކު، މާ ބޮޑު ދާއިމީ މައްސަލަތަކެއް ކުރިމަތިވުމަކާ ނުލައި އެ މަނިކުފާނު އެ ފަހަރު ސަލާމަތްވެވަޑައިގެންނެވި އެވެ.

ބޯ އަވަހާރަވިއިރު، އަނބިކަނބަލުން ހައިލީ އާއި ދަރިކަނބަލުން ނަޓާލީ އަދި ދަރިކަލުން ހަންޓާ ދުނިޔޭގައި އެބަ ތިއްބެވި އެވެ.