ހަބަރު

މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ

Jul 10, 2018

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ އެވެ. މުހައްމަދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

މުހައްމަދު އިބްރާހިމް ހޯމް މިނިސްޓްރީގައި ކުރައްވަމުން ގެންދިޔައީ އަތޮޅުތަކާ ގުޅޭ ބައެއް މަސައްކަތްތަކެވެ. މުހައްމަދު އިބްރާހީމަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އަނބިކަނބަލުންގެ ބައްޕާފުޅެވެ.

މުހައްމަދު އިބާރާހީމަކީ އާންމުންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. އަދި އޭނާއަކީ ރާއްޖެއަށް ހާއްސަކޮށް މާލޭގެ ގަލޮޅު އަވަށަށް ވަރަށް ގިނަ ހިދުމަތްތައް ކުރެއްވި ބޮޑުބެ އިބުރާހިމް ކަލޭފާނުގެ ބޭފުޅެކެވެ.