overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކެންޑިޑޭޓުންނަށް ވަގުތު ދިނުމާބެހޭ އުސޫލަށް ހިޔާލު ހޯދަނީ

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ ހަމަތައް ބަޔާން ކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް ހިޔާލު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ.

ބްރޯޑްކޮމް އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަަނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓެއް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ހާއްސަކޮށްގެން އެ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި އެ ހަމަތަކާ ހިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބެލުމާއި އެ ހަމަތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުސޫލުގެ ދެލި ކޮޕީއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް ހުޅުވަލާފައިވާ ކަމަށެވެ.

ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ބެހޭ ދެލިކޮޕީގައި ބުނެފައިވާ ގޮތުން ކެނޑިޑޭޓުންނަށް ހާއްސަކޮށް ގެނެސްދޭން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ފަރާތުން ނުވަަތަ ސިޔާސީ ޕާޓީއަކުން ތައްޔާރުކޮށް އޮން އެއާ ކުރާ ޕްރޮގްރާމުތަކާއި ކެންޑިޑޭޓުން ޕްރޮމޯޓު ކުރަން ފޮނުވާ އިސްތިހާރުތަކާއި ސިޔާސީ ޕާޓީތަކުން ބާއްވާ ރެލީތައް އަދި ނިއުސް ކޮންފަރަންސްތައް ކަމަށެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން ބާއްވާ ސްޓޫޑިއޯ ޕްރޮގްރާމުތަކާއި ސިޔާސީ ފަރާތްތަކުގެ އިންޓަވިއު ގެނެސްދެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމަށް ނުވަތަ ވިއްކުމަށް ލާޒިމް ވަނީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރާ ތާރީހުން ފެށިގެން ކަމަށާއި ހަމަހަމަ ކަމާއެކުގައި ވަގުތު ދޭން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލާަ ހިލާފުވާ ފަރާތްތަކަށް އަލާ ފިޔަވަޅުތަުގެ ތެރޭގައި އިންތިހާބު ނިމެންދެއް އެ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ނުވަތަ ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ފޮނުވާ އިޝްތިހާރުތަކާއި ޕްރޮގްރާމުތައް ބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިއުލްއިން އުނި ކުރަން އެންގުން ހިމެނެ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކުރާ ނަމަ ބްރޯޑްކާސްޓަރަށް ދޫކުރާ ލައިސެންސް ބާތިލު ކުރަން ކޯޓަށް ހުށަހެޅުމަށް ވެސް އެ އުސޫލުގައި ވަނީ ހިމަނާފަ އެވެ.