overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނައިބު ރައީސަށް ވުމަކީ ޓެރަރިޒަމް ނައްތާލަން ލިބޭނެ އެހީއެއް: ޝަހީމް

ނައިބު ރައީސްގެ މަގާމް އަދާ ކުރައްވަން ލިބިވަޑައިގެންފި ނަމަ ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅާ ދިޔުން ނައްތާލަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހަައްމަދު ނަޝީދު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

"ސަން ޓީވީ" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިންޓެލިޖަންސް އިދާރާތަކާއި އެހެން ފަރާތްތަކަށް އޭނާއަކީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރުކަން އެނގިވަޑައިގަންނަވާ ކަމަށާއި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ލީޑަރުންގެ ލިސްޓުގައި ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެ ފަރާތްތަކަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އޭނާއަކީ މެދު މިނުގެ އުސޫލުތައް ކުރިޔަށް ނެރުމުގެ މީހެއް ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް މީހުން ގަބޫލެއް ނުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ރާއްޖެއިން ޓެރަރިޒަމް އާއި އެކްސްޓްރީމިޒަމް ނައްތާލުމަށް އިލްމީ ގޮތުންނާއި އެހެން ގޮތްގޮތުން މަސައްކަތްކޮށްފައިވާނެ ކަމަށާއި ދީނީ ގޮތުން ތަފާތު ހިޔާލުތައް ގެންގުޅޭ ފަރާތްތަކުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް މުހިންމު މަސައްކަތްތަކެއް ވެސްކޮށްފައިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން އެފަދަ ފަރާތްތައް ރަނގަޅު ކުރުމަށް ޖަލަށް ވަޑައިގެން ކްލާސްތައް ނަގާދީ އެ މީހުންނަށް ހާއްސަ ކޯސްތައް ހިންގާ އަނބުރާ މުޖުތަމައުއަށް ގެނެސްފައިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދައުރަށް ރައީސް ޔާމީން އިންތިހާބުވެވަޑައިގެންފި ނަމަ ޓެރަރިޒަމް އާއި އެކްޓްރީމިޒަމްގެ ކަންކަމާ ދެކޮޅަށް ކުރެވޭ ކަންކަން ވަރަށް ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެހެންކަމުން މި ސަހަރައްދުގެ ގައުމުގެ ލީޑާޝިޕް މަގާމެއް އަދާ ކުރުމަކީ ޓެރަރިޒަމްއާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރަމުން އަންނަ މަަސަައްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއަދު ދުނިޔެ ބޭނުންވަނީ ޓެރަރިޒަމް އާއި އެކްޓްރީމިޒަމް ނައްތާލުމަށް ބަޑީގެ ބޭނުން ކުރުމެއް ނޫން، މިއަދު އެކަންތައް ނައްތާލަން ޖެހެނީ މެދުމިނުގެ އިސްލާމީ ރިވެތި އުސޫލުތައް ކުރިޔަށް ނެރެގެން، އެކަން ކުރެވޭނީ އަޅުގަނޑުމެންނަށް، އެއީ އަޅުގަނޑުމެންގެ އެބައޮތް އެފަދަ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމުގެ ބޮޑު ޓާގެޓެއް،" ޝަހީމް ވިދާޅުވި އެވެ. "އެހެންވެ މި ސަރަހައްދުގެ މީހުން ތިބީ ވަރަށް އުފަލުން، މި ސަރަހައްދުގެ ދައުލަތްތަކުން އަޅުގަނޑަށް އެބަހުރި ވަކިން މަރުހަބާ ވެސް ކިޔާފައި،"

ޝަހީމް ވިދާޅުވީ ހައްދު ފަހަނަ އަޅާފައިވާ ބައެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ސިފަ ކުރަން މަސައްކަތް ކުރަނީ ރާއްޖޭގެ ގިނަ އިލްމުވެރިންނާއި ގިނަ ޒުވާނުން އެއް ފަޅިއަކަށް އެރުމުން އެ ކަން ހަޖަމް ކުރަން އުނދަގޫވާތީ ކަމަށެވެ. އަދި އެ ރުޅިވެރިކަން ރަނިން މޭޓަށް ބާލުވަނީ ކަމަށާއި ޒާތީ ގޮތުން އަންނަން ޖެހޭ އެއްވެސް ހަމަލާއެއް ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.