overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫއަށް ހަމަލާ ދޭން އުޅުން މައްސަލާގައި ފުލުހުން ބުނާނެ އެއްޗެއް ނެތް!

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުމާލޭގައި ޑޯޓުޑޯ ކެމްޕެއިން ކުރައްވަނިކޮށް އޭނާއަށް ހަމަލާ ދީ ހަމަނުޖެހުން ހިންގުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އަދިވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް ސައިކަލްގައި ދެ މީހަކު އައިސް އެ ސަރަހައްދުގައި ހަމަނުޖެހުން ވަނީ ހިންގާފަ އެވެ. އަދި އިބޫއަށް ހަމަލާދޭން ވެސް އެ މީހުން މަސައްކަތް ކުރި އެވެ. އެ ވަގުތު އިބޫ ވަށާލައި އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނީ އިބޫގެ ސެކިއުރިޓީންނާއި އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ ސަޕޯޓަރުންނެވެ.

އެ މައްސަލައިގެ ތަހުގީގު ފަށައިފިތޯ "އަވަސް"އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަމަނުޖެހުމެއް ހިންގައިފި ނަމަ އެކަން ބަލާނެ ކަމަށެވެ. ނަމަވެސް އިބޫގެ މައްސަލަ ބަލާތޯ ނުވަތަ ނޫންތޯ ވެސް ކަށަވަރެއް ނުކޮށްދެ އެވެ. އަދި ހަމަނުޖެހުން ހިންގަން އުޅުން މީހާގެ ފޮޓޮ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ މީހާއާ ސުވާލުކޮށްފައިވޭތޯ ނުވަތަ ހައްޔަރުކުރި ކަމެއް ވެސް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. ވިދާޅުވަނީ އެކަމާ ބެހޭ ގޮތުން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

އިބޫއަށް ހަމަލާދޭން އުޅުން ވަގުތު އެމްޑީޕީ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި ތިބި ދެ ފުލުހަކު ވެސް އެ ސަރަހައްދަށް ގެނެސްފަ އެވެ. އަދި ހަމަނުޖެހުން ހިންގަން އުޅުން ވަގުތު ވެސް އެ ދެ ފުލުހުން މާ ބޮޑަކަށް އެކަން ހުއްޓުވަން މަސައްކަތެއް ނުކުރެ އެވެ. އެެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފުލުހުންނަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.