overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދޭން އޭޖީ މުއައްސަސާތަކަށް އަންގަވައިފި

Jul 11, 2018
4

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާ ފަރާތްތަކާއި ރަނިންމޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހައުސިން މިނިސްޓްރީއަށާއި ފުލުހުންނަށާއި ޕީއެސްއެމް އަދި ހޯމް މިނިސްޓްރީއަށް މިއަދު އަންގަވައިފި އެވެ.

އެޓާނީ ޖެނަރަލް އޮފީހުން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހަދަން ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް އޭޖީ ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ވާދަ ކުރައްވާނެ ކަމަށް ޕާޓީތަކުގެ ފަރާތުން މިހާތަނަށް އިއުލާން ކުރައްވާފައިވާ ފަރާތްތަކަށް ހަމަހަމަ އުސޫލުތަކުން އިންތިހާބާ ގުޅޭ ކަންކަމުގައި އަމަލު ކުރެއްވުމަށާއި ދައުލަތުގެ ވަސީލަތްތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަށް ހައުސިން މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށާއި ފުލުހުންނަށް އަދި ޕީއެސްއެމްއަށް އެ އޮފީހުން ވަނީ އަންގައިފަ އެވެ.

އެ ހަތަރު މުއައްސަސާތަކަށް ވަކިވަކިން އޭޖީ ފޮނުވި ސިޓީގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ގާތްވަމުން އަންނަ އިރު މިހާރު ވެސް އިއުލާންކޮށްފައި ތިބި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަނިން މޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ދައުލަތުގެ ވަސީލަތްތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނާއި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ވެސް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ މުއައްސަސާތަކަށސް އޭޖީ ވަވނީ އަންގައިފަ އެވެ.

އެގޮތުން ބްރޯޑްކާސްޓު ކުރާ ތަންތަނުން އެއާޓައިމް ކެންޑިޑޭޓުންނަށް ދިނުމުގައި ހަމަހަމަ އުސޫލަކުން އަމަލު ކުރެއްވުމަށާއި މިހާރުން ފެށިގެން ވެސް ސިޔާސީ ޕާޓީތައް ކުރައްވަމުން ގެންދަވާ ހަރަކާތްތަކުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ހަރުދަނާ ކުރެއްވުމަށް އަންގާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.