overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ފިތުނަ އުފެދޭ ކެމްޕެއިން ނުކުރަން އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި

Jul 11, 2018

ރިޔާސީ އިންތިހާބާ ގުޅިގެން އެންޓި ކެމްޕެއިންނުކޮށް، މީހުން އަބުރު ކަތިނުލާ ކެމްޕެއިން ކުރިއަށް ގެންދަން ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރިޔާސީ އިންތިހާބާ ގުޅިގެން ކެންޕޭނުކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ފުރައްސާރަކޮށް އެ ފަރާތްތަކުގެ އަބުރު ގެއްލޭފަދަ ކަންކަންކުރުމާއި މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަފަސާދަ އުފެދި އާއްމު މަސްލަހަތު ގެއްލޭ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަކަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމްއިން މިހެން ބުނެފައި މިވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އިއްޔެ ހުޅުމާލެއަށް ވަޑައިގެންނެވުމުން ބަޔަކު ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނިކޮށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަމީމް އަލީ ސައީދުއާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަފުރަތު އުފެދޭ ފަދަ ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ.