overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ފުރަތަމަ ކެމްޕެއިން ދަތުރު އައްޑޫއަށް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކުރައްވާ ފުރަތަމަ ދަތުރު އައްޑޫ ސިޓީއަށް ކުރައްވަން ނިންމަވައިފި އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދޮރުން ދޮރަށް ހިންގެވުމަށްފަހު އަންނަ ހުކުރު ދުވަހު ކެމްޕެއިންގައި އިބޫ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ އެވެ. ހުކުރު ދުވަހު އިބޫ އައްޑޫއަށް ވަޑައިގަންނަވާއިރު މި ދަތުރުގައި އިބޫ ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގަންނަވާނެ އެވެ.

އިބޫ ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު މިއީ ސީދާ ރިޔާސީ ކެމްޕެއިނަށް ކެންޑިޑޭޓަކު ކުރައްވާ ފުރަތަމަ ދަތުރެވެ. ރައީސް އަބްދުﷲ ޔާމީން އިއްޔެ އާއި މިއަދު ވެސް ބައެއް ރަށްރަށަށް ވަޑައިގެންނެވި ނަމަވެސް އެއީ ކެމްޕެއިން ދަތުރުފުޅުތަކެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

މިހާތަނަށް ރަސްމީކޮށް އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އިބޫ އަދި ރައީސް ޔާމީނެވެ. އިބޫ އައްޑޫއަށް ހުކުރު ދުވަހު ވަޑައިގަންނަވާއިރު އެ ދުވަހު އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ނެރޭނެ ބޭފުޅެއް ޖުމްހޫރީ ޕާޓީން ކަނޑައަޅާނެ އެވެ.