overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީންގެ ކެމްޕެއިނާ ގުޅޭ ގޮތުން ޒިޔާދާއި ޝަހީމް މަޝްވަރާކޮށްފި

Jul 12, 2018
6

އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިބި މުއައްޒިފުންގެ އެހީތެރިކަން ޕީޕީއެމްގެ ރިޔާސީ ކެމްޕެއިނަށް ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އާއި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ މަޝްވަރާކޮށްފި އެވެ.

ޝަހީމާއެކު އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ ޝާހީމާއެކު މަޝްވަރާ ކުރީ ރައީސް ޔާމީންގެ ކެމްޕެއިން ކުރިޔަށް ގެންދިޔުމުގައި އިސްލާމިކް މިނިސްޓްރީ އިން އެހީވެވޭނެ ގޮތްތަކާބެހޭ ގޮތުން ކަމަށާއި އެގޮތުން ޕީޕީއެމްގެ ކެމްޕެއިން ޓީމުތައް ރަށްރަށަށް ދަތުރު ކުރާއިރު މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިބި މުއައްޒިފުން ބައިވެރިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

"ރައީސް ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓާއެކީ އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިބި މުއައްޒިފުން ރަށްރަށަށް ދާނެ، އިންތިހާބު ކާމިޔާބު ކުރުމުގައި މި މިނިސްޓްރީގެ ބޮޑު އެހީއެއް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވިން،" ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މިނިސްޓްރީ އިން ބާއްވާ ވޯކްޝޮޕްތަކުގަ ޝަހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންތިހާބަށް އެ ދާއިރާއިންކޮށްދެވެން ހުރި މަސައްކަތްތަކުގައި އެ މިނިސްޓްރީ އިން ޝަހީމްއަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.