ހަބަރު

އިމްރާން، އަމީން އަދި ސޮބާހުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

May 31, 2015
1

މޭޑޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ޖޭޕީ ނައިބު ލީޑަރު އަމީން އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ސޮބާހު ރަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އެ މައްސަލައިގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ފުލުހުން ވަނީ އެބޭފުޅުން ބަންދުކޮށްފައި ބައިތިއްބައިފަ އެވެ. އަދި ތަހުގީގުގަށް އިމްރާން ބަޔާން ދެއްވި ނަމަވެސް އެ މައްސަލައިގައި ދެން ތުހުމަތު ކުރެވުނު އަމީން ސޮބާހް އަދި އަލީ ވަހީދު ބަޔާނެއް ނުދެއްވަ އެވެ.