ވިޔަފާރި

މެކްސްކޮމް އިން ޑެލްގެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު ދީފި

Jul 12, 2018
1

މެކްސްކޮމް އިން ޑެލް ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް، ރާއްޖެ އަށް ތައާރަފުކޮށް، މި އުފެއްދުންތަކުގެ މައުލޫމާތު ދީފި އެވެ.

ޑެލް އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިރިބިއުޓަރު މެކްސްކޮމްއި ން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޑެލްގެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު ދީފައިވަނީ ޑެލް ކުންފުނިން މި ސަރަހައްދުގައި މަސައްކަތް ކުރައްވާ އިސް ބައެއް ބޭފުޅުންނެވެ.

މެކްސްކޮމްގެ ސީނިއަ މެނޭޖަރު މުހުތާރު މުހަންމަދު ވިދާޅުވީ އެ ކުންފުނިން މި ފަދަ ސެމިނާތައް ބޭއްވުމުގެ މަގުސަދަކީ އެންމެ ފަހުގެ އުފެއްދުންތައް މާކެޓަށް ކައިދިނުން ކަމަށެވެ.

"މީގެ މަގުސަދެއް އައު ޓެކްނޮލޮޖީސްތަކާއި ދިވެހި މާކެޓުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ރިސޯޓު އަދި ސަރުކާރުގެ ފަރާތްތަކަށް ކިޔައި ދިނުން،" މުހުތާރު ވިދާޅުވި އެވެ.

މެކްސްކޮމް އިން ދަނީ ޑެލްގެ އިންޑަސްޓްރިއަލް ސާވާ އާއި މި ނޫންވެސް ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށް ދެމުންނެވެ. އަދި މީގެ އިތުރުން ޑެލްގެ އުފެއްދުންތަކަށް އާފްޓަސޭލް ސާވިސް ވެސް ފުޅާ ދާއިރާއެއްގައި ދެ އެވެ. މެކްސްކޮމް އިން ދޭ މި ހިދުމަތުގެ އަގު ވަޒަންކޮށް ޑެލްގެ ގިނަ އެވޯޑުތަކެއް ކޮންމެ އަހަރަކު ވެސް ލިބެ އެވެ. މި އަހަރު މެކްސްކޮމްގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް ސޭލްސް މުހައްމަދު މުހުތާރަށް ވަނީ އައުޓްސްޓޭންޑިން ޕްރީ-ސެލްސް ޕާސަންގެ އެވޯޑު ލިބިފައިވެ އެވެ. ޑެލްގެ އިތުރުން މެކްސްކޮށް އިން ދަނީ ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ސާމާނު ވިއްކަމުންނެވެ. މިގޮތުން ފާހަގަ ކުރެވޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ވާވޭގެ ބްރޭންޑާއި މައިކްރޯ ސޮފްޓް ސޮފްޓްވެއާ ހިމެނެ އެވެ