ހަބަރު

މިނިވަން 50 ފާހަގަ ނުކުރާ ގަރާރަށް ތާއީދު ކުރި ކައުންސިލަރަކަށް ފިޔަވަޅު އަޅައިފި

May 31, 2015

މިނިވަން 50 ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރި ނުވާން އއ އަތޮޅު ކައުންސިލުން ފާސްކުރި ގަރާރަށް އެ ކައުންސިލްގެ މެންބަރަކު ތާއީދުކޮށްފައި ވާތީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ނިންމައިފި އެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ގަރާރާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި ކޮމިޓީ އިން ނިންމީ އއ އަތޮޅު ކައުންސިލްގެ މެންބަރު އަލީ ސަމީރު އެއް މަސްދުވަހަށް ސަސްޕެންޑް ކުރުމަށް ކަމަށެވެ. އަދި އެ މުއްދަތުގައި އޭނާއަށް މުސާރަ އާއި އެއްވެސް އެލަވަންސެއް ނުލިބޭ ގޮތަށް ވަނީ ނިންމައިފަ އެވެ.