overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީން ވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލާފައި: އިބޫ

ރާއްޖޭގައި މިއަދު ވެރިކަން ކުރަނީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ލައްވައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ، އެމްޑީޕީން ރޭ ހުޅުވި "އަޓިގެ" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިބޫ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު ދިވެހިންނަށް ލިބުނީ ބާރުތައް ވަކިކުރެވި، މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ގާނޫނު އަސާސީއެއް ކަމަށެވެ. ނަމަވެސް މިއަދު އެ ގާނޫނު އަސާސީގެ ބޭނުން ކެނޑިފައި އޮތް މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ނަޝީދު ގެންނެވި މިނިވަންކަމާއި އެ ގާނޫނު އަސާސީގައި ބާރުތައް ވަކިކުރެވިފައި އޮތް މަގަށް ކަންކަން ގެންދިޔުމަށް މަސައްކަތް ކުރަން ޖެހިފައި އޮތް ކަމަށް ވެސް އުބޫ ވިދާޅުވި އެވެ.

އިދިކޮޅުގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެންނެވި ހިސާބުން އިބޫ ގެންދަވަނީ މެދުކެނޑުމެއްނެތި ކެމްޕޭން ހަރަކާތްތަކުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އިބޫގެ ބައިވެރިވެވަޑައިގެންނެވުމާއެކު އެޕާޓިގެ ޑޯ ޓު ޑޯ ހަރަކާތްތައް ވެސް ދަނީ ފުޅާކޮށް ޖައްސަމުންނެވެ.