ހަބަރު

މިނިވަން 50 އަށް ހުރަސް އެޅޭ ގޮތަށް ކައުންސިލަރަކު ޓްވީޓް ކުރި މައްސަލަ ބަލަނީ

May 31, 2015
1

އިއްޔެ ބޭއްވި މިނިވަން 50 ގެ ހިނގާލުމަށް ހުރަސް އެޅޭގޮތަށް ޓްވީޓް ކުރި ކައުންސިލަރެއްގެ މައްސަލަ އެލްޖީއޭ އިން ބަލަން ފަށައިފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، މިނިވަންކަމުގެ ހިނގާލުމުގައި ސްކޫލް ކުދިން ބައިވެރި ނުކުރުމަށް ބ. ތުޅާދޫ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުއްރަހީމް ގޮވާލައްވައި ޓްވީޓެއް ކުރައްވާފައިވާ ކަމަށެވެ. އަދި އެ ޓްވީޓްގެ މައްސަލަ މިހާރު ބަލަމުން އަންނާތީ އެކަމަށް ލިޔުމުން ޖަވާބު ދާރީ ވުމަށް މާދަމާގެ ނިޔަލަށް އޭނާއަށް ފުރުސަތު ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެލްޖީއޭ އިން ފާހަގަ ކުރި ގޮތުގައި މިނިވަންކަމުގެ ހިނގާލުމަށް އެއްވެސް ހުރަހެއް އެޅޭނެ ފަދަ ކަމެއް ނުހިންގުމަށް ތުޅާދޫ ކައުންސިލަށް ވަނީ މީގެ ކުރިން ވެސް އަންގައިފަ އެވެ. އަދި އެފަދަ އަމަލެއް ހިންގާ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.