overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަނިން މޭޓް ކަމަށް ހަތަރު ބޭފުޅުން، ވޯޓުލުން މިރޭ!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓް ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ހަތަރު ބޭފުޅުން ކަމަށް ޖުމްހޫރީޕާޓީން ބުނެފި އެވެ.

ޖޭޕީގެ ފަރާތުން ރަނިންމޭޓް ކަމަށް ކުރިމަތިލައްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި އެ ޕާޓީގެ ނައިބު ލީޑަރު ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރާ ރަނިންމޭޓް ކަނޑައަޅާނީ މިރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓުންނެވެ. ވޯޓު ލުން ފަށާނީ މިރޭ 9:00 ގަ އެވެ. ވޯޓު ގުނަން ފަށާނީ މިރޭ 10:30 ގަ އެވެ.

އިދިކޮޅު ކޯލިޝަނުން ނެރޭ ރަނިންމޭޓް ހޮވުމަށް މިރޭ އިންތިހާބް ބާއްވަން ޖުމްހޫރީ ޕާޓީ ތައްޔާރުވެފައިވާއިރު، ކުރިމަތި ލައްވާފައިވާ ހަތަރު ބޭފުޅުންނަކީވެސް ރަނިންމޭޓް ކަމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށް ޖޭޕީން މިއަދު ވަނީ ބުނެފަ އެވެ.

މި ހަތަރު ބޭފުޅުންގެ މެދުގައި ނަގާ ވޯޓުގައި ވޯޓުލުމުގެ ހައްގު އޮންނާނީ ހަމައެކަނި ޖޭޕީގެ ކައުންސިލްގައި ހިމެނޭ މެންބަރުންނަށެވެ. އެކައުންސިލުގައި 50 އަށްވުރެ ގިނަ މެންބަރުން ތިއްބަވަ އެވެ. ނަމަވެސް ބައެއް މެންބަރުން މިހާރު ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ.

ރަނިން މޭޓްކަމުގެ މަގާމަށް ބޭފުޅަކު ހޮވަން މިރޭ ވޯޓު ނަގާއިރު ވޯޓުލުން ވަރަށް ޒިންމާދާރުކަމާއެކު ޕާޓީތެރޭގައި ކުރިއަށްދާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. އަދި ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓަކީ ގާބިލު، އަދި މި ވެރިކަމުގައި ހުރި ކަންކަން ރަނގަޅު ކުރުމަށް އެންމެ އެކަށޭނަ އެހީތެރިކަމާއި މަސައްކަތް ކުރެއްވޭނެ ބޭފުޅަކަށް ވާނެ ކަމަށް ވެސް ޖޭޕީން ވަނީ ބުނެފަ އެވެ.