overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިދިކޮޅު ރަނިން މޭޓްކަމަށް ފައިސަލް ނަސީމް ހޮވިއްޖެ

Jul 13, 2018
5

އިދިކޮޅު ރަނިންމޭޓަކު ހޮވުމަށް މިރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ބޭއްވި ސިއްރު ވޯޓްގައި އެންމެ ގިނަ ވޯޓް ލިބިގެން ރަނިންމޭޓްގެ މަގާމު، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ކާމިޔާބު ކުރައްވައިފި އެވެ.

ފައިސަލް ނަސީމް ވޯޓް ކާމިޔާބު ކުރެއްވީ، ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 41 ކައުންސިލް މެންބަރުންގެ ތެރެއިން 15 ބޭފުޅުންގެ ވޯޓް ހޯއްދަވައިގެން އެވެ. ދެން އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެންބަރު، އަލީ ހުސެއިންއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ތިރީގައި މި ވަނީ ވޯޓްގެ ނަތީޖާ އެވެ؛

  • ޑރ. ހުސެން ރަޝީދު : 02
  • އަބްދުލް އަމީން: 09
  • އަލީ ހުސެއިން: 14
  • ފައިސަލް ނަސީމް: 15

ވޯޓް ކާމިޔާބު ކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވީ، އޭނާގެ އަޒުމަކަށް ވާނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރާއްޖޭގައި ހަމަހަމަ ކަމާއި އިންސާފު ގާއިމްވުން ކަމަށާއި އެކަމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އިންސާފު ބޭރުން ރާއްޖޭގައި އެއްވެސް ކަމެއް ވިޔަ ނުދޭނެ ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

އެ އިންތިހާބުގައި އޭނާޔާ އެންމެ ކައިރިން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، މިރޭ ފެނިގެން އެ ދިޔައީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އޭނާ އެންމެ ފުރިހަމަޔަށް ނަތީޖާއަށް އިހުތިރާމް ކުރާ ކަމަށާއި ފައިސަލް ނަސީމާއި އިބޫއާ އެކު އިދިކޮޅު ކޯލިޝަނަށް ވެރިކަން ހޯދަދޭން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.