ހަބަރު

ގަވައިދާހިލާފަށް އުޅުނު 24 ބިދޭސީއަކު ހައްޔަރުކޮށްފި

May 31, 2015

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންތަކެއް  ދަތުރުވެރިން މާރުކޭޓްގެ މަސައްކަތުގައި އުޅެނިކޮށް އަތުލައިގެންފި އެވެ.

އަލަށް ހަދަމުންދާ އެ މާރުކޭޓްގެ މަސައްކަތުގައި އުޅެނިކޮށް 24 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓްުން މިއަދު ބުނީ އެ އެންމެން އަތުލައިގަތީ އިންސްޕެކްޝަނެއްގައި ބިދޭސީން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި ބުނީ އެމީހުން އަތުލައިގަތީ ދަތުރުވެރިންގެ މާރުކޭޓްގެ މަސައްކަތުގައި އުޅެނިކޮށް ކަމަށާއި އެމީހުންނާ މަސައްކަތް ހަވާލުކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭ ކަމަށެވެ.

ގާނޫނާ ހިލާފަށް އުޅުނު 2000 އަށްވުރެ ގިނަ ބިދޭސީން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ.